އާބަންކޯއިން ގއ. ތިނަދޫގައި ގާއިމް ކުރަމުންދާ ޑީކޯ ޗެމްބަރގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހު ނިމޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އާބަންކޯއިން ބުނީ މި ޑީކޯ ޗެމްބަރަކީ އެ ކޯޕަރޭޝަނުން ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. ޑީކޯ ޗެމްބަރ ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރޗްމަހުއެވެ.
އާބަންކޯގެ ‘ގޯ ބިޔޯންޑް’ ޕްލޭންގެ ދަށުން ތިނަދޫގައި ގާއިމްކުރާ މި ޑީކޯ ޗެމްބަރަކީ ރާއްޖޭގައި ގާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބަރެވެ. އަދި އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އާބަންކޯގެ ސީއެސްއާރުގެ ދަށުން އެކި ޕްރޮޖެކްޓުތައް ދަނީ ހިންގަމުންނެވެ.
ހުވަދޫ އަތޮޅުގައި މި ޗެމްބާ ގާއިމްކުރެވިގެންދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. އެހެންކަމުން އަބަންކޯގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބަ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު