މިއަދު ބަންޑުން ޖަހާލި "ފަތޮޅު" ބޯޓު (ފޮޓޯ: އެމްއެންޑީއެފް)
މިއަދު ބަންޑުން ޖަހާލި "ފަތޮޅު" ބޯޓު (ފޮޓޯ: އެމްއެންޑީއެފް)
މާލެ އިން ފުރައިގެން ހއ.ދޮނަކުޅިއަށް މުދާ ހިފައިގެން ދަތުރުކުރި "ފަތޮޅު" ބޯޓް ކ. ކާށިދޫގެ އުތުރުން 10 ނޯޓިކަލް މޭލުން ބަނޑުން ޖަހާލައި، އެބޯޓް އޮޔާ ދާތީ އެސަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރު 12:19 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން ބޯޓުން ދަތުރުކުރި ފަސްމީހުން ކަނޑުވި ކަމަށެވެ. އަދި 14:20 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެމީހުން ސަލާމަތް ކުރުމަށްފަހު ޅ.މާފިލާފުއްޓަށް ގެންގޮސްފައި ވާކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، ބަނޑުންޖަހާލާފައިވާ ބޯޓް އޮޔާ ގެންދަނީ އިރު އުތުރަށް ކަމަށާއި، އެހެންކަމުން އެސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައި ވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަތޮޅު ބޯޓަކީ، ރާއްޖެ ލޮޖިސްޓިކްސް ކުންފުނީގެ ބޯޓެކެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ. ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ހާދިސާތައް ހިނގަމުންދާ ކަމަށާއި، މިގޮތުން އުޅަނދު ފަހަރަށް ދިޔަވުމާއި، އަޑިއަށް ދިއުމާއި، އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލައިގެން އެކި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބެމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން