މާތް ﷲ ގެ ނަޞްރު
ﷲ ތަޢާލާ އެކަލާނގެ އަަޅުތަކުންނަށް ނަޞްރުދެއްވާނެ ކަމުގެ ޚަބަރުދެއްވައި އެކަމަށް އިރުޝާދުދެެއްވައި ކީރިތި ޤުރުއާނުގައި މުޙައްމަދު ސޫރަތުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެމާނައިގައި ވެއެވެ.
"އޭއީމާންވި މީހުންނެވެ! ތިޔަބައިމީބުން ﷲ އަށް (އެބަހީ ﷲ ގެ ދީނަށް) ނަޞްރުދޭނަމަ އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނެއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތުކުރައްވާނެއެވެ."
އިސްވެދިޔަ ގޮތުގެމަތިން އަޅުގަނޑުމެން މަސައްކަތްކުރުމުގައި އަޅުގަނޑުމެންގެ މަސައްކަތްތަކާ މާތް ﷲ ކަންގެންދަވާގޮތުގެ ސުންނަތާ އެއްގޮތް ކުރަންޖެހެއެވެ. އާދެ، ޙާދިޘާތައް ޙަޤީޤަތުގެ ޢާލަމަށް ގެންނެވުމަށްޓަކައި މާތް ﷲ ރާއްވަވާ ރޭއްވެވުމާ އެއްގޮތަށް އެކަލާނގެ ދުނިޔޭގެ ޙާލަތު މެދުވެރި ކުރައްވައެވެ. އަޅުގަނޑުމެންގެ މަސައްކަތް އެޙާލަތްތަކާ ގުޅުވާންޖެހެއެވެ. މާތް ﷲ ތަނަވަސްކުރައްވާ ޙާލަތާ ތިމާމެންގެ މަސައްކަތް ގުޅުވައިގެން މަސައްކަތްކުރާ މީހުންނަކީ މާތް ﷲ އަށް ނަޞްރުދޭ މީހުންނެވެ. އެފަދަ މީހުންނަށް ސާބިތުކަން ލިބެއެވެ. އެންމެފަހުން ކާމިޔާބު ލިބެނީ އެފަދަ މީހުންނަށެވެ. މާތް ﷲ ގެ މިދުނިޔޭގައި އެއްވެސް ނަތީޖާއެއް ޙާޞިލްކުރެވޭނީ އިލާހީ ސުންނަތާ އެއްގޮތަށް ވިސްނައިގެން މަސައްކަތްކުރާ މީހުންނަށެވެ. ހިތަށްއެރިހާ ގޮތަކަށް ކަންތައްކުރަމުން ގެންދާ މީހުންނަކަށެއް ނޫނެވެ.
މިމައްސަލަ އިތުރަށް ވިސްނައިވަޑައިގަތުމަށްޓަކައި މިސާލެއް ދަންނަވައިލަމެވެ. ފާދިރީއެއް އޭނާގެ ގޭގެކުރިމަތީގައި ފެހިކުލައިގެ ބިޔަގަހެއް ހުއްޓައި ދެކޭން ބޭނުންވިއެވެ. އޭނާގެ ހިތަށްއެރިއެވެ. "އަހަރެން އޮށެއް އިންދައިފިނަމަ ގަހެއް ހެދި ބޮޑުވާން ދިހަ އަހަރު ހޭދަވާނެއެވެ." އެހެންވެ އޭނާ ތަނަކުން ބިޔަގަހެއް ހޯދައި އެތައްބަޔަކުލައްވައި އެގަސް އުފުރުވައިގެން ގެނެސް އޭނާގެ ގޭގެ ކުރިމަތީގައި އިންދިއެވެ. ފާދިރީހުރީ އުފަލުންނެވެ. ދިހައަހަރުގެ މުއްދަތު އެއްދުވަހުން ކަޑައްތު ކުރެވިގެންނެވެ. ނަމަވެސް ވިދިގެން އައިދުވަހު ހެނދުނު އޭނާ ނިދައިތެދުވިއިރު ގަހުގެ ހުރިހާ ފަތްތަކެއް މިލައިލައިފާ ހުއްޓައި ފެނުމުން އޭނާ ވަރަށް މޮޅިވިއެވެ. ހަވީރުވީއިރު ގޮފިތައްވެސް އެލިއްޖެއެވެ. ދުވަސްކޮޅެއްގެ ތެރޭގައި ގަހުގެ ހުރިހާ ފަތްތަކެއް ހިކިގެން ފައިބައިފިއެވެ. އޭގެފަހުން އޭނާގެ ގޭގެ ކުރިމަތީގައި ހުރީ ހިކިދަރަށްވެފައިހުރި ލަކުޑިގަނޑެކެވެ.
ފާދިރީގެ ރަޙުމަތްތެރިއެއް އޭނާ އާ ބައްދަލުވާން އެދުވަސްރު އައެވެ. ރަޙުމަތްތެރިޔާއަށް ފެނުނީފާދިރީ ކަންބޮޑުވެގެން އޭނާގެ ގޭގެ ކުރިމަތީގައި ހިނގައިލަ ހިނގައިލާ ހުއްޓައެވެ. ރަޙުމަތްތެރިޔާ ސުވާލުކުރިއެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ކަލާ ފެންނަނީ ކަންބޮޑުވެވަޑައިގެންފައި ހުންނަވަނިކޮށެވެ. އަނެއްކާ ކީއްވީތޯއެވެ؟ ފާދިރީ ޖަވާބު ދިނެވެ. އަހަރެން މިހިރީ އަވަސްއަރައިގެންފައެވެ. އެކަމަކު ކަލާނގެ ވޮޑިގެންނަވަނީ އެގޮތަކަށެއް ނޫނެވެ.
ފާދިރީ މިހެންބުނެފައި އެއްކަލަ ގަހުގެ ޙާާދިޘާ ކިޔައިދީފައި ބުންޏެވެ. ދުނިޔޭގައި ހިނގާ ޙާދިޘާތަކުގެ އެއްބަޔަކީ މާތް ރަސްކަލާނގެ ހިންގަވާ ބަޔެއެކެވެ. އަނެއްބަޔަކީ އިންސާނާ ފުރިހަމަކުރާ ބައެކެވެ. ދެފުރޮޅުލީ ގާޑިޔަލެއްގެ މިސާލުގައެވެ. އޭގެތެރެއިން އެއްފުރޮޅަކީ މާތްރަސްކަލާނގެ ފުރޮޅެކެވެ. އަނެއް ފުރޮޅަކީ އިންސާނާގެ ފުރޮޅެކެވެ. އިންސާނާގެފުރޮޅާ މާތްރަސްކަލާނގެފުރޮޅާ ގުޅުމުން ގާޑިޔާ ދުއްވެއެވެ. އެއާޚިލާފަށް އިންސާނާގެ ފުރޮޅު މާތްކަލާންގެ ފުރޮޅުގެ ހަލުއިކަމަށް ރިޢާޔަތް ކުރުމެއްނެތި އެނބުރޭން ފަށައިފިނަމަ ހަލާކުވެދާނެއެވެ. އެހެނީ ބާރުގަދައީ މާތްކަލާނގެ ފުރޮޅެވެ.
މާތް ﷲ އެތަކެއް ކުރޯޑު އަހަރުތަކެއްްގެ ސަބަބު މެދުވެރިކުރެއްވުމުން ބިމުގެ މަތީގައި މުއްސަނދިފަހުގެ ފަށަލައެއް ލެއްވިއެވެ. އެފަށަލައިގައި ގަސް ހެއްދުމަށްޓަކައެވެ. ގަހަށް ބޭނުންވާ ހޫނުކަން އިރުގެ ޒަރީޢާއިން މަތީން ފޮނުއްވިއެވެ. އުދަރެހުގެ އިހްތިމާމުގެ ދަށުން ގަހަށް ފެން ހޯއްދަވައި ދެއްވިއެވެ. މޫސުމުގެ ބަދަލުތަކުގެ ޒަރީޢާއިން ގަސްހެދި ބޮޑުވުމުގެ އިންތިޒާމް ކުރެއްވިއެވެ. އެތަކެއް ކަރަބުން ގުނައިލެވޭހާގިނަ ބެކްޓީރިއާ އުފެއްދެވިއެވެ. އެތަކެތި ގަސްގަހާގެހީގެ މުލަށް ނައިޓްރިޖަންގެ ކާނާ ހޯދައިދެއެވެ. މިހުރިހާ އިންތިޒާމްތަކަކީ ގަހެއް ހެދުމުގައި މާތްކަލާނގެ ފުރޮޅު ފަދައެވެ. ދެން އޮތީ އިންސާނާ އޭނާގެ ފުރޮޅު އިލާހީ ފުރޮޅާ ގުޅައިލުމެވެ. އިސްވެދެންނެވި އިންތިޒާމްތަކުގެ ތެރެެއިން ގަހެއް ޙަޤީޤަތުގެ ޢާލަމަށް އައުމަށްޓަކައެވެ. އިންސާނާ ކުރާންޖެހޭ އެންމެ މުޙިއްމު ކަމަކީ އޮށެއް އިންދުމެވެ. އޭނާ އެކަން ކޮށްފިނަމަ މާތްކަލާނގެ ގުރޮޅާއި އޭނާގެ ފުރޮޅު ގުޅައިލެވުނީ ކަހަލައެވެ. އެހައިތަނުން ފިޠުރަތުގެ މެޝިން ހިނގާންފަށައެވެ. ވަގުތުޖެހޭ އިރަށް އޭގެ ނަތީޖާ ފެނެއެވެ. މިއާޚިލާފަށް އިންސާނާ އޭނާގެ މުޑުވައް ހިލައެއްގެ މަތީގައި ބޭވިޔަސް ނުވަތަ ގަހެެއްގެ އޮށަކާ ވައްތަރު ޕްލާސްޓިކް ގުޅައެއް ބިމުގައި ވަޅުލިޔަސް ނުވަތަ އޮށް އިންދުމަކާނުލައި ގަހެއް ގެނެސް ހިނދުންހިނދަށް ރޯކޮށް ހައްދާން އުޅުނަސް އެއީ އިންސާނާ އަށް އޭނާގެ ފުރޮޅު އީލާހީ ފުރޮޅާ ގުޅުވުނީކީ ނޫނެވެ. އޭނާއަކަށް މާތްކަލާނގެ މަޝްރޫޢުގައި ތިމާ ބައިވެރިއެއް ނުކުރެވެއެވެ. މިދުނިޔޭގައި އާރޯގަހެއްގެ ވެރިޔަކަށްވުމަކީ މިފަދަ މީހެއްްގެ ނަޞީބުގައިވާ ކަމެއް ނޫނެވެ.
އިސްލާމީ އިންޤިލާބާމެދުވެސް ކަންހުރީ ހަމަ މިގޮތަށެވެ. އެއިންޤިލާބުވެސް ޙަޤީޤަތަކަށްވާނީ މާތް ﷲ ތަނަވަސްކޮށްދެއްވާ ފުރްޞަތުތަކާމެދު ވިސްނައި އެދަނޑިވަޅުތަކުގެ ބޭނުން ހިފައިގެންނެވެ. އަމިއްލަ އަމިއްލަޔަށް ދުވެފުމެ ހަދައިގެނެއްނޫނެވެ. ޙިޖުރައިން އެއްވަނަ ޤަރުނުގައި އައި އިސްލާމީ އިންޤިލާބު އައީ މާތް ﷲ ރުހިވޮޑިގެންވާ އަޅުންތަކެއް އެބައިމީހުންގެ "ފުރޮޅު" އިލާހީ "ފުރޮޅާ" ގުޅައިލުމުންނެވެ. އެއާޚިލާފަށް މިޒަމާނުގައި އަޅުގަނޑުމެން މިވާ ހުރިހާ ޤުރްބާނީތަކެއް ގެއްލިގެންދަނީ އަޅުގަނޑުމެންނަށް މާތް ﷲ ފަހިކޮށްދެއްވާ ފުރްޞަތުތަކަށް ނުވިސްނައި އަމިއްލަޔަށް ކަނޑައަޅާ މަގުތަކެއްގެ ކަމާނުބެހޭކަހަލަ ހައިޖާނުތަކެއް އުފައްދަމުން ގެންދާތީއެވެ.
ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު