އިސްލާމްދީނުގެ ޢަދާވާތްތެރިން ގެ ފުށުން ހުރި އެންމެ ބޮޑު ނުރައްކަލަކީ ވީހާ ވެސް ހުތުރުކޮށް، ނާތަހުޛީބުކޮށް އިސްލާމް ދީން މީސްތަކުންނަށް ހުށައެޅުމެވެ. އިސްލާމް ދީނުގެ އަޅުކަންތަކާއި، މުޢާމަލާތާއި ދީނުގެ އެންމެހާ އަސާސްތައް ވީހާ ވެސް ހުތުރުގޮތްގޮތަށް ހާމަ ކުރުމެވެ. މި މީހުންގެ މި މަސައްކަތުގެ މައިގަނޑު ދެ މަޤްޞަދެއް އޮވެ އެވެ.
އޭގެ ތެރެއިން އެއް މަޤްޞަދަކީ ޢާމުކޮށް މީސްތަކުން އިސްލާމް ދީނަށް ނަފްރަތު ކުރުވުމެވެ. ދެވަނަ މަޤްޞަދަކީ މުސްލިމުންނަށް އެ މީހުންގެ ދީނަކީ ތާކުން ތާކު ނުޖެހޭ ބޯދާ ދީނެއްގެ ސިފައިގައި ހުށައަޅައި އެ މީހުން ގެ ހިތުގައި އިސްލާމް ދީނަށް އޮންނަ ލޯބި ކުޑަކޮށް ވީހާ ވެސް ދީނާ ދުރުކުރުމެވެ.
މިއީ ކެހިވެރި ރޭވުމެއްގެ ދަށުން ހިނގާ ކަމެއް ކަމުގައި ވިޔަސް އިސްލާމީ ޤައުމުތަކުގެ އަހުލުވެރިން –މުއުމިނުން އަދި މުސްލިމުން މި ކެހިވެރިކަމުގެ ދަލުގައި ޖެހޭ ގޮތް ވަނީ އެ މީހުންނާ ހަމައަށް އިސްލާމް ދީން އޭގެ ސާފު ސީދާ ގޮތުގައި ފޯރާފައި ނުވާތީ ކަމުގައި ބުނެވިދާނެ އެވެ. އެހެން ކަމުން އެ މީހުންގެ ޢަޤީދާ ބަލިކަށިވެ، ދީނާރާއި ދިރުހަމުގެ އަޅުންނަށްވެފައި ތިބެނީ އެވެ. ދީނުގެ ދުޝްމަނުންގެ ކެހިވެރި ރޭވުމާ މެދު ފަރުވާ ކުޑަ ކުރެވިފައި ތިބެވެނީ އެވެ. ދީނުގެ ކަންކަމާ މެދު އޮންނަ ޣީރަތްތެރިކަން ކުޑަވަނީ އެވެ.
މިއީ އާ ކަމެއް ވެސް ނޫނެވެ. އެންމެ ކުރިން ސުރެ ވެސް ﷲގެ ދީނަށް ފުރައްސާރަކުރާ މީހުން އުޅުނެވެ. އެންމެ ފުރަތަމަ ރިސާލަތަކައިގެން ވަޑައިގެންނެވި ކަމަށް ވަނީ ސަލާމް ލެއްވި ނޫޙު ގެފާނެވެ. އެ ކަލޭގެފާނަށް ވެސް ފުރައްސާރަކޮށް ޤައުމުގެ މީހުން ކާފިރުކަން މަތީ ތިއްބެވެ. އެންމެ ފަހަކަށް އައިސް މޫސާގެފާނާއި ޢީސާ ގެފާނަށް ވެސް ޤައުމުގެ މީހުން ފުރައްސާރަކޮށް، މަލާމާތްކޮށް، އަނިޔާކޮށް އުޅުނެވެ. އެއީ އީމާން ނުވާ މީހުންގެ ވާހަކަ އެވެ. މި އަދު އީމާންވެގެން ކަމަށް ބުނެ ހުކުރަށް، ޢީދަށް އަދި ފަރްޟު ފަސް ނަމާދަށް ގޮސް އުޅޭ މި އުންމަތުގެ މުސްލިމުން ވެސް ދީނަށާއި ދީނީ މަލަތަކާއި އަސާސްތަކަށް ހަޖޫ ޖަހައި، ފުރައްސާރަކޮށް، މަލާމާތް ކުރާތަން ފެނެ އެވެ. މިއީ ނުރައްކާތެރި ކަމެކެވެ. މިއީ މުސްލިމުން ކަމުގައި ހެދިގެން އުޅުނު މުނާފިޤުންގެ ސިފައެއް ކަމަށް ކީރިތި ޤުރްއާނުގައި އައިސްފައި ވެ އެވެ. [زيِّن لِلَّذينَ كَفَرُوا الْحَيَاةِ الدُّنيَا وَيَسْخَرُونَ مِنَ الَّذِينَ آمنُوا]. "ކާފިރުވީ މީހުންނަށް ދުނިޔަވީ ޙަޔާތަކީ ޒީނަތްތެރި އެއްޗެއް ކަމުގައި ވި އެވެ. އަދި އީމާންވީ މީހުންނަށް އެ މީހުން މަލާމާތްކޮށް ހީ އުޅެތެވެ" މޫސާ ޢަލައިހިއްސަލާމުގެ ވާހަކަ ބަޔާންކުރައްވަމުން ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރެއްވިއެވެ. [فَلَمَّا جَاءَهُمْ بِآيَاتِنَا إذَا هُمْ مِنْهَا يَضْحَكُونَ] "ފަހެ އެބައިމީހުންގެ ގާތަށް މޫސާގެފާނު ތިމަން ﷲ ގެ އާޔަތްތަކައިގެން ވަޑައިގަތީމައި އެ ހެކިތަކަށް އެ މީހުން ހީ މަލާމާތްކޮށް އުޅުނެވެ" މިއީ މުސްލިމުން ކުރެ އެ މީހުންގެ ޖާހިލުކަމުން ނުވަތަ ކަމުގެ ނުބައިކަން ނޭނގި ތިބެ މި ފަދަ ކަމެއް ކުރާ މީހުން އަވަހަށް ތައުބާވެ އެ ކަމުން އެނބުރި އައުން އަވަސްވެގަންނަންވީ ކަމެކެވެ. ނޫން ނަމަ އެ މީހުން ހިމެނޭނީ މުރްތައްދުވީ މީހުންގެ ތެރެއިންނެވެ.
ބައެއް މީހުން މުސްލިމަކަށް މަލާމާތް ކުރަނީ އުފެދުމުގައި އޭނާ ހުރި ސިފަ ހުތުރު ވީމަ އެވެ. އިސްލާމް ދީނަކީ ހަމަ އެކަނި ރީތި، ދޮން، ނުވަތަ މުއްސަނދި، ޞިއްޙަތު ރަނގަޅު ޢިއްޒަތްތެރިންގެ ދީނެއް ނޫނެވެ. އެ ދީނަށް ކޮންމެ އިންސާނަކަށް ވެސް ވަދެވޭނެ އެވެ. ﷲ ބައްލަވާވޮޑިގެން ވަނީ މީހުން އުފެދިފައި ހުންނަ ސިފައަކަށް ނޫނެވެ. ޙަސަބާއި ނަސަބަކަށް ނޫނެވެ. ޤައުމާއި ޤަބީލާ އަކަށް ނޫނެވެ. އެކަމަކު އެ މީހުންގެ ނިޔަތަށެވެ. އެ މީހުންގެ ޢަމަލަށެވެ. އަނެއް ބަޔަކު މީހާ އަޅާ ގަހަނާ އާއި އަޅާ ފޭރާމުގެ ފެންވަރާއި ސިފަ ހުންނަ ގޮތުން ފާޑު ކިޔައިފާނެ އެވެ. އެކި ޤައުމުތަކުގައި އަޅާ ފޭރާމަކީ ޘަޤާފީ އެއްޗެކެވެ. އިސްލާމް ދީނުގައި އޮންނަނީ ފޭރާން އެޅުމުގެ މިންގަނޑެކެވެ. އެއީ ޢައުރަ ނިވާ ވުމެވެ. އަނެއް ބަޔަކު މުސްލިމް ޤައުމެއްގެ މީހުން ކައިބޮއި އުޅޭ ތަކެއްޗާއި ގެންގުޅޭ ތަށިތެއްޔާއި ގެދޮރު އަޅާފައި ހުންނަ ގޮތަށް ބަލައި މަލާމާތް ކޮށްފާނެ އެވެ. އިސްލާމް ދީނުގައި މި ކަންކަމުގައި ވެސް ގެންގުޅެނީ މިންގަނޑެކެވެ. އެއީ އެ ބައެއްގެ ރައްކާތެރިކަމާއި އަރާމަށް ބޭނުންވާ ގޮތަށް ބޭނުންވާ ތަނަވަސް މިނެއްގައި ގެދޮރު ޢިމާރާތް ކުރުމެވެ. އަޅުކަން ކުރާ މިސްކިތް ހުންނަންވާނީ ޤިބުލަ އަށެވެ. އެންމެހައި މުސްލިމުންނަށް މި ފަދަ ކަންކަމަށް ސަމާލުވެ ތިބުމުގެ ތައުފީޤު ދެއްވާށި އެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު