އެންމެހެޔޮ އުންމަތުގެ ގޮތުން ދެހާސްފައްސަތޭކަ އަހަރުގެ ތެރޭގައި ނެރުއްވި ޤައުމަކީ އިންސާނީ ސިފަތަކުގެ ގޮތުން ބަލާއިރު ހުރިހާ ޤައުމުތަކެއްގެ ތެރެއިން އެންމެ ރަނގަޅު ޤައުމެވެ.
"މީސްތަކުންނަށްޓަކައި ނެރުއްވުނު އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ." (އާލް އިމްރާން: 110)
عبد الله بن عباس رضي الله عنه "އެންމެ ހެޔޮ އުންމަތް" ކަމުގައި ބައްލަވައިފައިވަނީ މުހާޖިރުންގެ ޖަމާޢަތެވެ. ނަމަވެސް މުހާޖިރުންނަކީ އެންމެހެޔޮ އުންމަތުގެ ރަމްޒެކެވެ. ރަސޫލާގެ ޞަޙާބީންކަމުގައި ހިމެނިވަޑައިގަންނަވާ އެންމެހައި ޢަރަބީންނަކީ ޙަޤީޤަތުގައި އެންމެ ހެޔޮ އުންމަތުގެ މުރާދުގައި ޝާމިލްވެވަޑައިގަންނަވާ ބޭކަލުންނެވެ.
ހުރިހާ ޒަމާންތަކެއްގައިވެސް ނަބީބޭކަލުންނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އެއް ހުރަހަކީ އެބޭކަލުން މުޚާޠަބު ކުރެއްވި ޤައުމުތަކުގެ މީހުންގެ ކާބަފައިންގެ ދީނެވެ. އެދީންތަކާ އެކުވެފައިވާ މާއްދީ ފިޔަޖެހުންތަކާއި މަތިވެރިކަމުގެ ބިނާތަކެވެ. އަނެއްކޮޅުން ނަބީބޭކަލުން ތެދުވެވަޑައިގަންނަވަނީ މާއްދީ ސިފަތަކެއް އެކުވެފައިނުވާ ދަލީލުތަކެއްގެ ބިންގަލުގެ މަތީގައެވެ. ޢަރަބިކަރައިގައި މިތައްޔާރުވި ޤައުމަކީ މާއްދީ ސިފަތަކެއް ލިބިފައިނުވާ ދަލީލުތަކުގެ އެހީގައި ޙައްޤު ފާހަގަކޮށް ދެނެގަތުމުގެ އާދަޔާޚިލާފު ޤާބިލިއްޔަތު ލިބިފައިވާ ޤައުމެކެވެ. އެބައިމީހުންނަކީ، ޙައްޤު ފާޅުވެ ޢާއްމުވުމުގެ ކުރިން ތިމާމެންގެ ނަފްސު އެޙައްޤަށްޓަކައި ވަގުފުކުރަން ކެރޭ ބައެކެވެ. ނިވާކަމެއްނެތް އުޑުދަށުގައި ތަނަވަސް ޞަޙަރާގައި ތަރުބިއްޔަތުވި މިޤައުމަކީ ޙަޤީޤަތް އޭގެ އަޞްލު ސިފައިގައި ދުށުމުގެ އެކަށޭނެކަން ލިބިފައިވާ ޤައުމެކެވެ. އެބައިމީހުންނަކީ ފެންނަ ފެނުމުގައި މިދުނިޔެއިން އެއްވެސް ބަދަލެއް ލިބުމެއްނުވާ ޙައްޤަކާ ތިމާމެންގެ ހުރިހާ އެއްޗެއްސެއް ޙަވާލުކުރަން ޖެހިލުންނުވާ ބައެކެވެ. ރަސޫލާގެ ޞަޙާބީންގެ މިދެންނެވި ސިފަފުޅުތައް عبد الله بن مسعود رضي الله عنه ބަޔާންކުރައްވަނީ އަންނަނިވި ޢިބާރާތުންނެވެ. އެބޭކަލުންނަކީ މިއުންމަތުގެ އެންމެ މާތް ބޭކަލުންނެވެ. އެބޭކަލުންނަކީ އެންމެ ހިތްޕުޅު މާތް، އެންމެ ބޮޑަށް ޢިލްމުގެ ތެރެއަށް ފީނާވަޑައިގެން ތިއްބެވި، އެންމެ ދެއްކުންތެރިކަން ކުޑަ ބޭކަލުންނެވެ. މާތް ﷲ އެކަލާނގެ ނަބިއްޔާގެ އެކުވެރީންކަމުގައްޔާއި، އެކަލާނގެ ދީން ޤާއިމުކުރެެއްވުމަށްޓަކައި އެބޭކަލުން ޚިޔާރުކުރެެއްވިއެވެ.
ޝަރީކު ކުރުމުގެ ދައުރު އައުމުން އިންސާނުންގެ ކިބައިން ބީވެގެންދިޔަ އެންމެ މުހިއްމު އެއް ސިފައަކީ ޙަޤީޤަތް މާއްދީ ސިފަ ލިބިގެން ފާޅުވުމުގެ ކުރިން ޙަޤީޤަތް އޮޅުންފިލަނީ ލޮލަށްފެނި އިޙްސާސްކުރެވޭ އެއްޗަކަށް ވުމުންނެވެ. އިސްވެދިޔަ ޒަމާނުގައި ނަބީބޭކަލުންނަށް ފުރައްސާރަ ކުރެވުނީ މިދެންނެވި ސަބަބާހުރެއެވެ.
ކަލަކު ވޮޑިގެންވާ ކަމާމެދު އެޒަމާނުގައިވެސް އިންސާނުން އިންކާރެެއް ނުކުރެއެވެ. ނަމަވެސް އެބައިމީހުންވަނީ ކަލާނގެއަކީ ލޮލުން ދެކެ އަތުން ހިފޭ ސޫރައަކަށް ހަދާފައެވެ. އެބައިމީހުންނަކަށެއް ޣައިބުގައި ވަންހަނާވެ ވޮޑިގެންވާ ކަލަކު ވިސްނައެއް ނުގަނެވުނެވެ. އެބައިމީހުންގެ ލޮލަށް ފެންނަ އެއްޗެއްސަކީ ކަލާނގެ ސޫރަކަމުގައި ބަލައި އެބައިމީހުން ކުރިމަތިލާ ފަރާތަކީ އެއީ ކަމުގައި ހެދިއެވެ. އެބައިމީހުން އެކުރިމަތިލާ އެއްޗެއްސަކީ ބޮޑެތި މާއްދީ އެއްޗެހި ކަމުގައި ވިޔަސް ނުވަތަ ބޮޑެތިމީހުން ކަމުގައިވިޔަސް ތަފާތެއްނެތެވެ. އެބައިމީހުންގެ މިބަލިކަށިކަން ހިމެނުނީ ނަބީބޭކަލުންގެ ނަބީކަން ޤަބޫލުކުރުމަށް ހުރަސްއެޅި ކަމެެއް ކަމުގައެވެ. ކޮންމެ ނަބީބޭކަލަކު ވަޑައިގަތުމުންވެސް އެބޭކަލެއްގެ ޒަމާނުގެ އިންސާނުންގެ ކުރިމަތީގައި އެބޭކަލަކީ ހަމައެކަނި އިންސާނެކެވެ. ފަހުގެ ދައުރުތަކުގައި އެބޭކަލުންގެ ނަންފުޅާ ގުޅުވައިލެވޭ ތާރީޚީ މަތިވެރި މާތްކަމާއި ޝަރަފެއް އޭރަކު އެބޭކަލުންގެ ނަންފުޅާ ގުޅިފައެއް ނޯވެއެވެ.
إبراهيم عليه السلام އެކަލޭގެފާނުގެ ދުޢާފުޅުގައި ވިދާޅުވިއެވެ. އަޅުގެވެރި ރަސްކަލާކޮ! މިރަށަކީ އަމާންވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއި އަޅުގެދަރީން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!
އަޅުގެވެރި ރަސްކަލާކޮ! ހަމަކަށަވަރުން އެބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ މިއަޅާއަށް ތަބަޢަވެއްޖެމީހަކީ ހަމަކަށަވަރުން އަޅުގެ (ދީނުގެ) މީހެކެވެ. އަދި އަޅާއަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން އަޅުގެދަރީންކުރެ ބަޔަކު، ގަހެއް ރުކެއްނެތް ވާދީއެއްގައި، ޙުރްމަތްތެެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެބައިމީހުން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ މީސްތަކުންކުރެ ބައެއްގެ ހިތްތައް އެބައިމީހުންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެބައިމީހުންނަށް ރިޒުޤުދެއްވާނދޭވެ! (އެއީ) އެބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ."
(އިބްރާހީމް- 35- 37)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު