ޙައްޖު މަހަކީ ﷲ މާތްކުރެއްވި މައްސަރުތަކުގެ ތެރެއިން އެއް މަހެވެ. ޙުރުމަތްތެރި 4 މަހުގެ ތެރެއިން އެއްމަސް ވެސް މެއެވެ. ﷲ ފަރުޟު ކުރެއްވި ޙައްޖު އަދާކުރެވޭ މައްސަރުވެސް މެެއެވެ. ވަކިން ޚާއްޞަކޮށް ޙައްޖު ދުވަހެވެ.
މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ޙައްޖުމަހުގެ ފުރަތަމަ ދުވަހު ރޯދަ ހިފުމަކީ ވަރަށް ގިނަ ސަވާބުހުރި މާތް ކަމެކޭބުނެ އަޑު ފަތުރަމުން އެބަދެއެވެ. މިއީ އަސްލުގައި ދީން އޮޅުންބޮޅުމެއްގެ ތެރެއަށް ވައްޓާލަން ކުރެވޭ މަސައްކަތެކެވެ.
ޙައްޖު މަހުގައި ރޯދަ ހިފުން ސުއްނަތް ވެގެންވަނީ ހަމައެކަނި ޢަރަފާތު ދުވަހުގައެވެ. ޢަރަފާތު ދުވަސް ފިޔަވައި މިމަހުގެ އަނެއް އަށް ދުވަހު ހެއު ކަންތައް ކުރުމުގެ މާތްކަން ޙަދީސުގައި އައިސްފައިވެއެވެ. އޭގެ ތެރޭގައި ރޯދަވެސް ހިމެނިދާނެ. އެކަމަކު ވަކިން ޚާއްޞަކޮށް ރޯދައާބެހޭގޮތުން އެއްވެސް ޙަދީޘެއް ލޮބުވެތި ރަސޫލާ (ޞޢވ)ގެ އަރިހުން އައިސްފައި ނުވެއެވެ. ސަލަފުގެ ދަންނަބޭކަލަކު ވެސް އެއާބެހޭގޮތުން އެއްޗެއް ވިދާޅުވެފައި އޮތްތަނެއް އަޅުގަނޑަށް ފެނިފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު