ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލާގައި ހައްޔަރުކުރި އަހުޒަމް އަބްދުލްޝަކޫރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ނައީމާގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެރަށަށް ނިސްބަތްވާ ފަވާޒް، 21 އާއި އަހްޒަމް އަބްދުއްޝަކޫރު، 23، އާއި އަބްދުލްވަހީދު ރިފާސް 21، އެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ މި މައްސަލާގައި ހައްޔަރުކުރި ފަވާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އަދި މާލެއިން ހައްޔަރުކުރި 21 އަހަރުގެ އަބްދުލްވާހިދު ރިފާސްގެ ބަންދަށް 30 ދުވަސް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަހުޒަމް މަނަދޫން ހައްޔަރުކުރިއިރު އޭނާ އަތުން މަސްތުވާތަކެތި ފެނިފައިވާތީ އޭނާއަށް 14 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއެވެ. އޭގެ ފަހުން ނައީމާގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް 5 ދުވަސް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށައެޅުމުން އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ ބައެއް ހެކިތައް ފުލުހުން ހޯދާފައި ވަނީ މި މައްސަލައިގައި ހައްޔަރު ކުރި އެކަކު ކުށަށް އިއުތިރާފުވެ، ދިން މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
އެގޮތުން ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ޝައްކު ކުރެވޭ ތޫނު 2 ހަތިޔާރާއި ހަމަލާ ދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އެ ތަކެތި ނަގާފައި ވަނީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅައި، އަންދައިލުމަށްފަހު ފަސްއަޅައި ފޮރުވާފައިވަނިކޮށެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގައި، ނ. މަނަދޫގެ ގިނަ ބައެއްގެ ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު