ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަޢުދީ ޢަރަބިއްޔާގެ މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.
މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވާފައި މިވަނީ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިހާރު ސަޢުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ. މިއަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ސަޢުދީއަށް ވަޑައިގެންފައިވަނީ ނައިބު ރައީސް ފައިސަލްއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރާއި ދަޢުލަތުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއިން މިއަހަރު މިީހުން ހައްޖަށް ދިއުމަށް ރަސްމީ ކޯޓާގެ ގޮތުގައި ސައުދީ ސަރުކާރުން 1،000 ކޯޓާ ދީފައިވެއެވެ. އަމިއްލަ ކުންފުނިތަކަށް 270 ހައްޖު ކޯޓާ ދިނުމަށްފަހު ބާކީ 730 ކޯޓާ މިއަހަރު ޚާއްސަކުރީ ހައްޖު ކޯޕަރޭޝަނަށެވެ.
ދިވެހި ހުރިހާ ޙައްޖާޖީން މިހާރު ސަޢުދީއަށް ގޮސްފައިވާއިރު މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވާ އަންގާރަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު