މިއަދަކީ ޙައްޖު ދުވަހެވެ. މިއީ އިސްލާމީ ކަލެންޑަރުގެ 12 ވަނަ މަހުގެ 9 ވަނަ ދުވަހެވެ. މިއީ ޙައްޖުވެރިންގެ އަރަފާތް ދުވަސްމެއެވެ. އަދި މިނާއިން ދަތުރުކޮށް އަރަފާތު ފަރުބަދަ ކައިރިއަށް ޖަމާވެ އެންމެހާ ޙައްޖުވެރިން ފާފަފުއްސެވުމަށް އެދި ދުޢާކުރާ ދުވަހެވެ. ޙައްޖަށް ނުދެވުނު މީހުންނަށްވެސް މިދުވަހުގެ ހެޔޮކަން ލިބިގަތުމުގެ ފުރުޞަތު އެބައޮތެވެ.
އަރަފާތް ދުވަހުގެ ރޯދަ ނުވަތަ ޙައްޖު ދުވަހުގެ ރޯދަ ހިފުމަކީ ވޭތުވެ ދިއަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވާ ކަމެކެވެ. ޙައްޖާޖީން ފިޔަވައި ހުރިހާ އެންމެނަށްވެސް މިދުވަހުގެ ރޯދަ ހިފައި ﷲ ގެ ރަޙުމާތާއި ފާފަފުއްސެވުން ލިބިގަނެވޭނެއެވެ. ރޯދަ ހިފުމުގެ އިތުރުން މިދުވަހުގެ ހެޔޮކަން ލިބިގަތުމަށްޓަކައި އަޅުކަންތައް އިތުރުކުރުމީ މުހިންމު ކަމެކެވެ. ތިރީގައި މިވަނީ މިއަދު ތިބާ އަދާކޮށް ގިނަ ޘަވާބުތަކެއް ހޯދައިގަތުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
1. ޒިކުރު ކުރުން:
މިއީ ސުންނަތުގެ ތެރޭގައި ހިމެނޭ ހަމަ ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރެވިދާނެ ކަމެކެވެ. ކާރުގައި އިށީންދެ އިންދެވެސް، ބަދިގޭގައި ކައްކަމުންވެސް ނުވަތަ ބޭރުގައި ހިނގާލާފައި ދާއިރުވެސް ތަސްބީޙަ އާއި ތަޙްމީދު ތަޙްލީލު އަދި ތކްބީރުގެ ޒުކުރުތައް ކިޔައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިން ޒިކުރުކޮށް ފައިދާ ލިބިގަނެވޭނެއެވެ.
2. ސަދަޤާތް ދިނުން:
މިވަގުތުގައި ސަދަޤާތް ދިނުމަކީ ސަވާބު އިތުރު ކުރެވިދާނެ ކަމެކެވެ. ދެވެން ހުރި މިންވަރަކުން އެހީއަށް ބޭނުންވެފައި ތިބި އެކިއެކި މީހުންނަށް އެހީތެރި ވެވިދާނެއެވެ. ފޭސްބުކާއި އެކި އެކި މަންސަތަކުގައި ދަތި ހާލަތްތައް މެދުވެރިވެގެން މަދަދަށް އެދޭ ފަރާތްތަކާއި ބޭރުގެ މުސްލިމު އަޚުންނަށް އެހީތެރިވުމުގެ ގޮތުން އެކިއެކި އެހީ ޖަމާއަތްތަކަށް ފައިސާ ފޮނުވިދާނެއެވެ. އަތުގައި ފައިސާނެތްނަމަ އެހެން މީހުންނާއި ރިވެތި ހިނިތުންވުމަކުން ބައްދަލުވެ ނަމަވެސް ސަދަޤާތް ކުރުމުގެ ހެޔޮކަން ލިބިގަންނާށެވެ. ހިނިތުންވުމާއިއެކު ތިމާގެ ޢަޚާއާއި ބައްދަލު ކުރުމަކީވެސް ސަދަޤާތެއް ކަމަށް ރަސޫލާ ކިޔައިދެއްވާފައިވެއެވެ.
3. ޤުރުޢާން ކިޔެވުން:
ޤުރުއާން ކިޔަވައި ދަސްކުރުމަކީ އާއްމުކޮށް ކޮންމެ ދުވަހަކުވެސް ކުރެވޭ ކަމެކެވެ. އަދި އަރަފާތް ދުވަހުގައި ޤުރުއާން ކިޔެވުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށް ކުރެވިދާނެ މުހިންމު އަޅުކަމެކެވެ.
4. ސުންނަތް ނަމާދުތައް ކުރުން:
ތަހައްޖުދު ނަމާދުން ފެށިގެން ޟުޙާ ނަމާދާއި ކޮންމެ ނަމާދެއްގެ ކުރީގައާއި ފަހުގައި ކުރާ ސުންނަތްތައް އަދާކޮށްލުމަކީވެސް ޙައްޖުދުވަހުގެ ބަރަކާތް ޙާސިލް ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކެމެކެވެ.
5. ފާފަ ފުއްސެވުމަށް އެދި ދުޢާކުރުން:
ކުރެވިފައިވާ ކުށް ފާފަތަކުން ސަލާމަތްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބައިން މާފަށް އެދި ފާފަ ފުއްސެވުމަށް އެދުމަކީ މިއަދުގެ އެންމެ މުހިންމު އަޅުކަމެވެ. އެހެންކަމުން އިސްތިޣުފާރު ކުރުން ގިނަކޮށްލާށެވެ.
6. މައިންބަފައިންނާއި އާއިލާއާއި ގުޅުން ބަދަހި ކުރުން:
ގިނަ މީހުންނަށް މިއަދު އޮފީސް ބަންދުވާނެއެވެ. ރަށުގައި އުޅޭނަމަ އާއިލާ މީހުންނަށް ޒިޔާރަތްކޮށްލައި އެކުގައި ވަގުތު ހޭދަކުރާށެވެ. އަދި ދުރުގައި ނަމަ ފޯނުން ގުޅައި ޙާލުބަލައި އެހީތެރިކަމެއް ބޭނުންވާނަމަ އެކަމެއް ކޮށްދެވެން އޮތް މިންވަރަކުން ކޮށްދޭށެވެ. އާއިލާގެ ގުޅުން ބަދަހި ކުރުމަކީ ﷲ ސުބްހާނަޙޫ ވަތަޢާލާ އަމުރު ކުރައްވާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު