މާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އެކުލަވާލާފައި އޮތް ގޮތުގެ ސަބަބުން އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާދަޔާ ޚިލާފަށް ބަލައި ޗެކްކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމް ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މާލެއިން ގޯތި ލިބިފައިވާ ބިދޭސީންކަމަށްބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ލިސްޓެއް ޢާންމުކުރެއްވުމަށްފަހުއެވެ. އެލިސްޓު ޝެއަރ ކުރައްވައި ޝިޔާމް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުޅުއްވަނީ ދިވެހިރައްޔިތުންގެ ބަހެއް ނެތި ދިވެހި ޤައުމުގެ ކަންކަން ނިންމެވުމަށްކަމަށެވެ. އަދި ދިވެހިންނަށް ނުލިބި ދިވެހި ބުމުން ބިދޭސީންނަށް ޚާއްސަކޮށް ގިނަ ޢަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނުގޮތެއް އޭސީސީން ބަލަން ޖެހޭކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.
ކުރިން ބޭރުގެ ބައެއް ޤައުމުތަކުގެ ރައްޔިތުންގެގޮތުގައި ތިބި ބައެއް މީހުން ފަހުން ދިވެހި ރައްޔިތުންނަށްވެ، ގޯއްޗަށް އެދި މާލެއިން ގޯތި ލިބޭކަމަށް އެންމެފަހުން ސަރުކާރުން ޢާންމުކުރެއްވި ގޯތިލިބޭ މީހުންގެ ލިސްޓުގައިވެއެވެ. އެއީ ޤާނޫނު އަސާސީގައިވާގޮތުގެ މަތިން ދިވެހިރައްޔިތުންނަށް ވެފައިވާ ބިދޭސީންނެވެ. އެހެންނަމަވެސް އެކަމާމެދު ސުވާލު އުފައްދައި ބައެއް މީހުން އަންނަނީ އެކިއެކި ލިސްޓުތައް ޢާޢްމުކުރައްވައި ސަރުކާރަށް ފާޑުކިޔައި މާލެއިން ގޯތި ދިންގޮތާމެދު ސުވާލު އުފައްދަމުންނެވެ.
ސަރުކާރުން ބުނެވެފައިވަނީ މާލެއިން ގޯތި ދިންއިރު އެއްވެސްކަހަލަ ކޮރަޕްޝަނެއް އަދި ނުހަމަ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. މިހާރު ޢާންމުކޮށްފައިވާ ވަގުތީ ލިސްޓުގައި ބައެއް ކުދިކުދި މައްސަލަ ހުއްޓަސް ދާއިމީ ލިސްޓު ނެރޭއިރު އެފަދަ ކަމެއްވެސް ނޯންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Mivaruveema Voters List aadhaya khilaafah balan jehey. Mifaharu @ibusolih hifaafa mihuree Dhivehi Rayyithunge baheh nethi qaumuge kankan nimman. Dhivehinnah nulibi bidheyseenah Dhivehi bimun khaassakoh gina adhadhehge India meehunah goathi libunu gotheh balanjehey @ACC_Maldives https://t.co/7dbBOGUtxI
— Ahmed Shiyam (@Shiyamaldives) June 28, 2023
ކުރިން ބޭރުގެ ބައެއް ޤައުމުތަކުގެ ރައްޔިތުންގެގޮތުގައި ތިބި ބައެއް މީހުން ފަހުން ދިވެހި ރައްޔިތުންނަށްވެ، ގޯއްޗަށް އެދި މާލެއިން ގޯތި ލިބޭކަމަށް އެންމެފަހުން ސަރުކާރުން ޢާންމުކުރެއްވި ގޯތިލިބޭ މީހުންގެ ލިސްޓުގައިވެއެވެ. އެއީ ޤާނޫނު އަސާސީގައިވާގޮތުގެ މަތިން ދިވެހިރައްޔިތުންނަށް ވެފައިވާ ބިދޭސީންނެވެ. އެހެންނަމަވެސް އެކަމާމެދު ސުވާލު އުފައްދައި ބައެއް މީހުން އަންނަނީ އެކިއެކި ލިސްޓުތައް ޢާޢްމުކުރައްވައި ސަރުކާރަށް ފާޑުކިޔައި މާލެއިން ގޯތި ދިންގޮތާމެދު ސުވާލު އުފައްދަމުންނެވެ.
ސަރުކާރުން ބުނެވެފައިވަނީ މާލެއިން ގޯތި ދިންއިރު އެއްވެސްކަހަލަ ކޮރަޕްޝަނެއް އަދި ނުހަމަ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. މިހާރު ޢާންމުކޮށްފައިވާ ވަގުތީ ލިސްޓުގައި ބައެއް ކުދިކުދި މައްސަލަ ހުއްޓަސް ދާއިމީ ލިސްޓު ނެރޭއިރު އެފަދަ ކަމެއްވެސް ނޯންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު