ޒަމާނުއްސުރެ ޢަމަލުކުރާގޮތް ކަމަށްބުނެ 7:30 ވަންދެން ޢީދު ނަމާދު ފަސްކުރުމަކީ މަސްލަޙަތުއޮތް ކަމެއް ނޫންކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ގޮވާލެއްވި ޓްވީޓް ވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އަށާއި އިސްލާމިކް މިނިސްޓްރީއަށް ޓެގްކުރައްވާފައެވެ.

ޑރ. އިޔާޟް މިއަދު ވިދާޅުވީ، ޢާއްމު މައިދާންތަކުގައި ޢީދުގެ ޖަމާޢަތް ފަށާގަޑި ބަދަލުކުރަން ޖެހޭކަމަށް ދެކެލައްވާ ކަމަށެވެ. އެގޮތުން ޟުޙާ ވަގުތު ޖެހުމުން ޢީދު ނަމާދުގެ ވަގުތު ޝަރްޢީ ގޮތުން ވަންނަކަން ޑރ. އިޔާޟް ފާހަގަކުރެއްވިއެވެ.

ޑރ. އިޔާޟް މިފަދަ ޚައްސާސް މައްސަލައެއްގައި މީސްމީޑިއާގައި ލިޔުއްވާފައިވާއިރު ރައީސް ޔާމީނުގެ ސަރުކާރު ފިޔަވައި 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީ ބެލެއްޓުމުގެ ޒިންމާ މަތިކޮށްފައި އޮތީ ޑރ. އިޔާޟް ނިސްބަތްވެ ވަޑައިގަންނަވާ ޢަދާލަތު ޕާޓީއަށެވެ.

“ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަގޮތްކަމަށް ބުނެ، 7:30 ވަންދެން، ނުވަތަ އަވިގަދަވެ، މީސްތަކުންނަށް ނަމާދުގެ ސަމާލުކަން ގެއްލޭ މިންވަރަށް ކަންތައްތައް ދަންދެން މަޑުކުރުމަކީ އެއްވެސް މަޞްލަޙަތެއް އޮތްކަމެއް ނޫން.” ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ.



މި މައްސަލާގައި ޑރ. އިޔާޟްފަދަ ބޭފުޅަކު ޢާއްމުންގެ މެދުގައި ބަހުސްކުރުމަށް ޖާގަ ލިބޭގޮތަށް ވާހަކަފުޅު ދެއްކެވުމުން ގިނަބަޔަކު ދަނީ މީސް މީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ މިކަމަކީ އިސްލާމީ ފަތުވާ ދޭ މަޖިލީހާއި ފިޤްހް އެކަޑަމީއަށް ހުށައަޅައިގެން ޙައްލު ހޯދަންޖެހޭ މައްސަލައެއް ކަމަށެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ޢީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 7:30 އެވެ. މީގެ ކުރިން ރާއްޖޭގައި ހުކުރު ނަމާދު ފަށާ ވަގުތަށް ބަދަލު ގެނައުމަށް ގޮވާލާ އަޑުތައްވެސް ގަދަވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން