ހަރަމައިން ކުންފުނީގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ނަސީމް އަލީ ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އުމުރުން 72 އަހަރުގެ ނަސީމް ނިޔާވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދަ ކައިރިން ކަމަށެވެ.
"މުހައްމަދު ނަސީމް މަރުވެފައި އޮއްވާ ފެނުނީ ނޫރު (ހިރާ) ފަރުބަދައާ ދިމާލުން ރޭގެ ދަންވަރުގެ ވަގުތެއްގައި. އަދި އޭނާ ފެނިގެން ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދޭ،" އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ހިރާ ފަރުބަދަ އަކީ ނަސީމް ހުރި ޓެންޓާ ވަރަށް ދުރެވެ. މިނިސްޓްރީން ބުނީ ނަސީމް ނިޔާވެފައިވާ ކަމުގެ މައުލޫމާތު މިނިސްޓްރީން އަށް ލިބުނީ ރޭ މެންދަމު 2 ޖަހަން އުޅެނިކޮށް ކަމަށެވެ.
ރ. މާކުރަތު މީހެއް ކަމަށްވާ ނަސީމް ގެއްލުނީ އަރަފާތަށް ދިއުމުގެ ކުރިން، ހައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާގައި ތިބި ޓެންޓުން ނުކުތް ފަހުންނެވެ. ނަސީމް ގެއްލިގެން އުޅޭކަން އެނގުނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ މިނާގައި ތިބުމަށް ފަހު އަރަފާތަށް ދާން ބަހަށް އަރަން ހާޒިރީ ކީއިރު ނެތުމުންނެވެ.
އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެގެން ދިވެހި ހައްޖު މިޝަނާއި ސައޫދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި ހަރަމައިން ކުންފުނިން ދިޔައީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު