ދުލަކީ ކަނޑީގެ މިޔައަށްވުރެ ތޫނު އެއްޗެކޭ މީހުން ބުނެ އުޅެއެވެ. ހަޤީގަތުގައިވެސް މިއީ ތެދެކެވެ. ފެންނަން ހުންނަ ޒަޚަމު ރަނގަޅުވުމުން ވޭނެއް ނާޅައެވެ. އެހެންނަމަވެސް، ނުފެންނަ ޒަޚަމުތަކުން ލިބޭ ވޭން ބޮޑުވެފައި އޭގެ އަސަރު ދުނިޔެ އުމުރަށްވެސް ދެމިގެންދެއެވެ.
އެކުވެރިންނާއި އާއިލާގެ ތެރޭގައި ހެޔޮއެދޭ ކަމަށް ހެދިގެން އުޅޭ އެތައް ބަޔަކު އުޅެއެވެ. އެހެންނަމަވެސް، އެމީހުން ބައެއްފަހަރު ބުނާ ބަސްތަކުން މީހާ މުޅިން މާޔޫސްކޮށްލައި ހިތްދަތިކޮށްލައެވެ.
އާއިލާގެ މީހުންގެ ތެރޭގައާއި ރައްޓެހިންގެ ތެރޭގައި ތިރީގައި މިވާ ބަސްތަކާއި ނުސީދާ އިލްޒާމާއި މަލާމާތުގެ ސުވާލުތައް ކުރުވާ މީހުންނަކީ ބޭރުފުށުން ތިބާއަށް ހެޔޮއެދޭ އެހެންނަމަވެސް ހިތް ނުސާފު ބައެއް ޔަޤީނެވެ.
އެހެންކަމުން އެކުގައި އުޅޭ މިފަދަ މީހުންނަށް ސަމާލުވެ ތިމާގެ އިހުސާސްތަކާއި ކުޅެ ދެރަކޮށްލަން ބޭނުންވާ މީހުންނަށް އެފުރުސަތު ނުދިނުމަށް މިކަންކަން ދެނެގަނެ ހުށިޔާރުވުން މުހިންމެވެ.
1. "ތިބާ ތިއުޅެނީ ކިހިނެއްވެގެން ހެއްޔެވެ؟"
މިހެން ސުވާލު ކުރުމުންވެސް އެމީހާގެ ހިތުގައި އުފެދިފައިވާ ކިލަނބުކަން ސާފުވެއެވެ. ވަކިން ޚާއްސަކޮށް ބުނާ ރާގާއި ބޭނުން ކުރެވޭ ހާލަތަށް ބެލުމުން މިއީ ސީދާ ތިބާ ލަދުގަންނަވާލައި ކުށްވެރިކުރުމަށް އަމާޒުކުރެވޭ ބަހުގެ ހަމަލާއެއްކަން އެނގޭނެއެވެ. ތިބާއަށް ކަމެއް ގޯސްކޮށް ކުރެވިގެންނަމަވެސް ކަމުގެ ހަޤީޤަތް ހޯދުމަށް ތިބާ ކުށްވެރިކުރުވާ ގޮތަށް މިފަދަ އިބާރާތްތަކުން ސުވާލު ކުރުމަކީ، ތިބާއަށް ހެޔޮ އެދޭ މީހުންގެ ފަރާތުން ފެންނާނެ ސިފައެއް ނޫނެވެ. މީގެ ބަދަލުގައި ތިބާ މިއަދު ކަންކުރި ގޮތް ކަމަކު ނުދެޔޭ، ވީގޮތް ކިޔައިދީބަލާށޭ ނުވަތަ ތިބާ މިހާރަކަށް އައިސް މިޒާޖު ބަދަލު ވެއްޖެއޭ، މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންހެއްޔޭ، މިފަދަ ގޮތަކަށް އަހާލެވިދާނެއެވެ. އޭރުން ޖަވާބުދޭން ހުންނަ މީހާއަށް އެއީ ސާފު ހިތަކުން ހެޔޮއެދިގެން އަހާ ސުވާލެއްކަން އެނގޭނެއެވެ.
2. "މީހުސް ތިބާގެ ސަބަބުން ވާކަންތައް!"
ރުޅި އައިސްގެން މިބަސްތައް ވަރަށް އާއްމުކޮށް ބޭނުންކުރެވެއެވެ. ގޯސްކޮށް ކަމެއް ދިމާވާ ވަގުތު އެކަމުގެ ޒިންމާ ނެގުމުގެ ބަދަލުގައި ނުވަތަ ކަން ހިނގިގޮތް އޮޅުން ނުފިލުވައި ވަކި މީހެއްގެ މަށްޗަށް ހުރިހާ އިލްޒާމެއް މަތިކޮށްލައި ތިމާ މީހާ ހުރިހާ ކަމަކުން ބަރީއަވުމަށް ބޭނުން ކުރެވޭ މިބަސްތަކަކީ ވަރަށް ނުރައްކާތެރި ބަސްތަކެކެވެ. އަނެކާގެ މައްސަލައެއް ނަމަވެސް، ހިތްހެޔޮ މީހުން މިކަމާއި ކުރިމަތި ލާނީ އޭނާ ބޮލުގައި އިލްޒާމް އަޅުވާފައެއް ނޫނެވެ. ހެޔޮ ހިތެއްގެ ވެރިއެއްނަމަ ބަލާނީ ކަމުގެ ޒިންމާ އެމީހަކާއި ހަވާލުވާ މިންވަރަކަށް ހަވާލުކޮށް ކަމުގެ ކޮންމެވެސް ހައްލަކަށް ވާސިލުވުމަށެވެ.
3. "އަހަރެން ކުރިންވެސް ބުނީމެއްނު!/ ކޮބާ އަހަރެން ބުނި ގޮތަށްނު ތިވީ!"
"އަހަރެން ބުނީމެއްނު" މި ލަފްޒުތަކުގެ ފަހަތަށް ކޮންމެ ޖުމްލައެއް އަތުރާލެވުނު ކަމުގައިވިޔަސް އެއީ އަނެކާއަށް ހެޔޮ އެދިގެން ބުނާ ބުނުންތަކެއް ނޫންކަން އެނގިގެންދާނެއެވެ. މިހެން ބުނަނީ ތިމާގެ މޮޅުކަން އަނެކާގެ ކުރިމައްޗަށް ނެރެ ހާމަ ކުރުމަށާއި އަދި އަނެކާއަށް ލިބިގެންވާ ހުނަރާއި އިލްމު ބޭނުން ކުރުމުގައި ބަސްބުނާ މީހާ ބުނިގޮތަށް ބޭނުން ނުކުރުމުން އޭނާ ނިކަމެތިކޮށްލައި ފަޟީހަތް ކުރުމުގެ ބޭނުމުގައެވެ. މިއީ ގިނަ ބައެއްގެ ތެރޭގައި ތިމާގެ މޮޅުކަން ދައްކައި، އަނެކާގެ އަބުރުގެ އަގުގައި އޭނާގެ މައްޗަށް އެންމެންގެ ޝައުޤުވެރިކަން ހޯދުމަށް ކުރާކަމެކެވެ.
4. "ތީނަ މާފިނޑީއޭ، މާބޮޑަށް 'ސެންސިޓިވް ތިވަނީ"
ހަޤީޤަތުގައި، މިހެން ބުނާ މީހުން އެބުނާ ބުނުމަކީ އެންމެ 'އިންސެންސިޓިވް' ބަސްތަކެވެ. ސެންސިޓިވް ވުމަކީ ބައެއް ކަންކަމުގައި މާބޮޑަށް ދެރަވެ މީހުން ބުނާ ބަސްތަކާއި ކުރާ ކަންކަމުގެ ސަބަބުން ހިތަށް އަސަރު ކުރުމެވެ. ހިތްދަތިވުމެވެ. މީހަކު އެއްޗެކޭ ބުނެލާއިރަށް ތިވަރަށް ފިނޑިވާކަށް ނުވާނުންހެއްޔޭ ނުވަތަ ތީ މާބޮޑަށޭ 'އިމޯ'ވަނީ ފަދަ ބަސްތައް ބޭނުން ކުރަނީ އަނެކާ ގަސްދުތައި ދެރަކޮށްލުމަށްފަހު އޭނާކުރި ގޯސްކަން މަތިއަޅުވާލައި އެއީ އެހައި ބޮޑުކަމެއް ކަމުގައި ނުހެދުމަށެވެ. ނުވަތަ އެކަމުގެ ޒިންމާ ނުނެގުމަށެވެ. މިއީ ހެޔޮއެދޭ ހިތަކުން ދުވަހަކުވެސް ބުނެވޭނެ ބަސްތަކެއް ނޫނެވެ.
5. "ތިދެން މާބޮޑު ކަމެއް ނޫނެއްނު/ 'ގެޓް އޯވަރ އިޓް'"
މިހެން ބުނެ އުޅެނީ އަނެކާ ކުރަމުންގެންދާ އިހުސާސްތައް އޮއްބާލުވައި އެވާހަކަ ނުދެއްކުމަށާއި އެކަން ހަނދާން ނައްތާލުމަށެވެ. ރަނގަޅު އެކުވެރިން އެފަދަ ހާލަތްތަކުގައި އެކުވެރިޔާ ދައްކާ ވާހަކަތައް އަޑު އަހާނެއެވެ. އަދި އެކުވެރިޔާގެ އިހުސާސްތައް ބޭރުކޮށްލައި ހިތަށް ލުއިކަމެއް ގެނުވައިދިނުމަށް އެކުގައި ކެތްތެރިކަމާއެކު މަޑު ކުރާނެއެވެ. ބުނެވިދިޔަ ފަދަ ބަސްތަކަކުން އެކުވެރިޔާގެ މައްސަލަތަކަކަށް ހައްލެއް ނުލިބޭނެއެވެ.
6. "ހާދަ ޑްރާމާއޭ، ތީދެން ބޮޑުވަރު"
މިހެން ބުނެ އުޅޭ މީހުން މިބަސްތައް ބޭނުންކުރަނީ އަނެކާގެ އިހުސާސްތަކާއިމެދު ފަރުވާލެއް ނުބަހައްޓާތީއެވެ. އެކި މީހުންނަށް އެކިކަންކަން މުހިންމުވާނީ އެކި ވަރަށެވެ. އަދި އެކިކަންކަމުގައި ވޭން އަޅާނީ އެކި މިންވަރަށެވެ. ތީދެން ބޮޑުވަރޭ ބުނެ އަނެކާއާއި ދިމާލަށް ރައްދުކޮށްލެވޭ ބަސްތަކުން އޭނާގެ ޒަޚަމުތައް އިތުރަށް ފުންވެގެންދެއެވެ. އަދި ޒަވާޖީ ހަޔާތުގެ ބައިވެރިޔާ އެހެން ބުނެފިނަމަ، ކަންކަން ހިއްސާކުރަން ފަހުން ފަސްޖެހެވެންފަށާނެއެވެ. އެހެންކަމުން ތިބާ ލޯބިވާ މީހުންނާއި ދިމާލަށް މިފަދަ ބަސްތައް ބުނުމުގެ ކުރިން ހާސްފަހަރު ވިސްނާލުން މުހިންމެވެ.
7. "އެވެނި މީހަކު އުޅޭގޮތަށް ނޫޅެވެނީ ކީއްވެ؟"
ކޮންމެ މީހެއްވެސް އުޅެ ބޮޑުވަނީ ތަފާތު މާހައުލެއްގައެވެ. ދިރިއުޅުމުގެ ވައްޓަފާޅިން ފެށިގެން ތަރުބިއްޔަތާއި ލިބިފައިވާ ތައުލީމުގެ ފެންވަރުވެސް ތަފާތުވާނެއެވެ. އެހެންކަމުން ވަކި މީހެއް އުޅޭ ގޮތަށް ނޫޅެވެނީ ކީއްވެހޭ ބުނެ އެކުވެރިޔާ ނުވަތަ ބައިވެރިޔާއާއި އެހެންމީހުންނާއި އަޅާ ކިޔުމަކީ ވަރަށް ނުރަނގަޅު އާދައެކެވެ. އަދި މިފަދަ ބަސްތައް ބޭނުން ކުރަނީ އާއްމުކޮށް ތިބާގެ އަގު ވައްޓާލައި އަނެއް މީހާގެ މޮޅުކަމާއި ރަނގަޅުކަން ދެއްކުމަށްޓަކައެވެ. ތިބާދެކެ ލޯބިވާ މީހަކު މިފަދަ ގޮތަކަށް ތިބާ އެހެން މީހުންނާއި އަޅާނުކިޔާނެއެވެ.
8. "ތީނަ ކާމިޔާބެއް ނުވާނެ"
އެކުވެރިއެއް ނުވަތަ އާއިލާގެ ލޯބުވެތި މެންބަރަކު މިފަދަ ބަހެއް ބުނުމުން ކުރަން އުޅޭ ކަމެއްގައި ހިތްވަރު އެލޭގޮތް ދިމާވެއެވެ. އަދި ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށް ދަތިތަކެއް މެދުވެރިވެއެވެ. މިހެން ބުނާ މީހުންގެ އަސްލު މަޤުސަދަކީ ކާމިޔާބީއަށް މިސްރާބުކޮށްގެން ހުރި ތިބާގެ ސިކުނޑީގައި ޝައްކުތައް އުފައްދުވައި ތިބާގެ ކާމިޔާބީއާއި ހަމައަށް ވާސިލް ވިޔަނުދިނުމެވެ. މިއީ އާއިލާގެ ތެރޭގައާއި އެކުވެރިންގެ ތެރޭގައިވެސް އުޅޭ އަޑި ނުބައި މީހުންގެ އާދައެކެވެ.
9. ތީ ތާކުންތާކު ނުޖެހޭ ޚިޔާލެއް/ ތިކަމެއް ކުރިއަކަށް ނުދާނެ"
8 ވަނަ ނުކުތާގައި ބުނި ފަދަ އަނެއް ބުނުމަކީ އައު ކަމެއް ކުރުމަށް އުޅޭއިރު އެކަމެއް ނުވާނެ ކަމަށް ނުވަތަ އެކަމަކުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެ ކަމަށް ބުނާ ބުނުމެކެވެ. ތާރީޚަށް ބަލާއިރުވެސް އެންމެ އުހަށް ގޮސްފައި ތިބި ގިނަ ބަޔަކަށް މިފަދަ އެތައް ބުނުން ތަކަކާއި މަލާމާތެއް ކުރިމަތިވިއެވެ. ހިތްހެޔޮ މީހުން އަދި ތިބާއަށް ހެޔޮއެދޭ އެކުވެރިންނަކީ ތިބާ ކުރާ ކަންކަމުގައި ހިއްވަރުދޭ މީހުންނެވެ. ހިތް މަރާލުމަށް މިފަދަ ބަސްތައް އެމީހުން ނުބުނާނެއެވެ.
10. "ތީ އަހަންނަކާއި ބެހޭ ކަމެއް ނޫން"
އެކުވެރިއެއް ނުވަތަ އާއިލާ މީހެއްގެ ކިބައިން އެހީއަށް އެދިގެން ގޮސް ވާހަކަތައް ކިޔައިދޭ ހިސާބުން ތީ އަހަންނަކާއި ބެހޭ ކަމެއް ނޫނޭ ބުނެ ތިބާ އެއްކައިރި ކޮށްލައި ދުރުކޮށްލުމަކީ ހިތް ނުބައި މީހުން ކުރާކަމެކެވެ. އެމީހުންނަށް ކަމެއް ހައްލު ކުރެވެން ނެތްނަމަ ހާލަތު ހުރިގޮތް ބުނެދީ އަނެކާއާއި މެދު ރިވެތި ގޮތަކަށް މުއާމާލަތްކޮށް ކިޔައިދިނުމުންވެސް އަނެކާ ހިތުގައި ނުޖެހި ދެމީހުންގެ މެދުގައި މައްސަލަތައް ނުޖެހޭގޮތަކަށް ކަންކަން ހައްލުވެގެންދާނެއެވެ. ހިތަށް އުނދަގޫކުރުވާ ގޮތަށް ބަސް ބުނުމަކީ ރަނގަޅުކަމެއް ނޫނެވެ.
11. "ތިހެންވެ އެހެންމީހުން ތިބާގެ ވާހަކަ ދައްކަނީ"
މިހެން ބުނާ މީހުން ގަސްދުކުރަނީ ތިބާގެ އަގު ވައްޓާލައި ތިބާއަކީ އެހެން މީހުންވެސް ގަދަރު ނުކުރާ މީހެއްކަން ބުނެ ތިބާ ދެރަކޮށްލުމަށެވެ. ގިނަ ފަހަރު އެމީހުން އެދޭ ގޮތަށް ކަންތައް ނުކުރުމުން އެމީހުން އެހެން ބުނެއުޅެއެވެ. ނަމަވެސް ހިތުގެ އިޚުލާސްތެރިކަން ހުންނަ މީހެއްނަމަ މިފަދަ ބަސްތައް ނުބުނެ އެކުވެރިޔާއަށް ނަސޭހަތްދޭންޖެހޭ ހާލާތްތަކުގައި ނަސޭހަތްތެރިވާނީއެވެ.
މިއީ ވާހަކަ ދެއްކުމުގައި ވިސްނާނުލައި ވަރަށް ގިނަ މީހުން ބޭނުން ކުރާ ބަސްތަކެކެވެ. އެހެން ނަމަވެސް މިގޮތަށް ބަސްތައް ބުނުމުގެ ކުރިން އަނެކާއަށް ކޮށްފާނެ އަސަރަކާއިމެދު ވިސްނާލުން މުހިންމެވެ. ނަފްސާނީ ދުޅަހެޔޮ ކަމަކީ ހުރިހާ އެންމެނަށްވެސް ލިބެންޖެހޭ ހައްޤެކެވެ.

ކިޔުންތެރިންގެ ހިޔާލު