އަލަތު ދަރިފުޅު ވިހަން ކައިރިވެފައި އިން މާބަނޑުއަންހެނަކު އޭނާގެ މަންމަ ގާތު ދަރިފުޅު ލައްވާ ކިޔުއްވާނީ ކޮންނަމެއްތޯ އެހުމުން މަޑުވެސްކޮށްނުލައި ވަގުތުން ޖަވާބުދިނެވެ. ބޮޑު މަންމައެވެ. ނުވަތަ މަންމައެވެ. ތީމަންމީއެވެ.

"ދަރިފުޅުތީ މަންމީ! މީމަންމަ" މިއީ މިހާރަކަށް އައިސް ދިވެހިންގެތެރޭ ފެތުރެމުން އަންނަ އަޅުގަނޑުމެންގެ ދިވެހިންގެ ޘަގާފަތާ މުޅިން ދެކޮޅު ގޮތެކެވެ.



ބޭބީ ސެންޓަރ ކިޔާ އެމެރިކާގެ ވެބްސައިޓަކުން ހެދި ދިރާސާއަކުން ދައްކާގޮތުގައި %41 މީހުން އެމީހުންގެ މާމަ ދަރިންލައްވައި ކިޔުއްވަނީ މާމަގެ ބަދަލުގައި ކޮންމެވެސް އެހެން ނަމެކެވެ. އަދި %28 ދޮށީ އުމުރުގެ ފިރިހެނުން އެމީހުންގެ ކާފަދަރިން ލައްވައި ކާފަ ނުކިޔުއްވައެވެ. އެހެންކަމުން މިއީ ހަމައެކަނި ރާއްޖޭގައި ހިނގާކަމެއް ނޫނެވެ.

މިހާރު މާމަ ކާފަ ނުކިޔަނީ ކީއްވެ؟ ކުރީގެ މީހުންގެ ވިސްނުމާއި ޚިލާފަށް މިހާރުގެ މާމަ ކާފަމެން އެގޮތަށް ކިޔުއްވަން ބޭނުން ނުވަނީ އެއީ މާމުސްކުޅި ކުރީގެ ސްޓައިލްއަކަށް ވާތީއެވެ. އަދި އެމީހުންގެ މާމަ ކާފަމަތިން އެނަން ބޭނުންކުރުމުން ހަނދާންވެ، އެގޮތަށް ތިމާމެން ވާން ބޭނުން ނުވާތީއެވެ. މާމަ ކާފަ ބުނުމުންވެސް ސިފަވަނީ މުސްކުޅި މާއަނގަގަދަ ރުޅިގަދަ ބަޔެކެވެ. އެހެންކަމުން، އެސިފަތަކާއި ދުރުވެލައި "ކޫލް' މާމަ ކާފައަކަށް ވާން އެމީހުން ބޭނުންވެއެވެ.

އެމެރިކާގެ ނިއުޔޯކުގެ ގްރޭންޑް ޕޭރެންޓްސް ޑޮޓް ކޮމް ކިޔާ ވެބްސައިޓެއްގެ އެޑިޓަރ އެލެން ބްރެސްލޫ ބުނެފައިވަނީ މިޤަރުނުގެ މާމަ ކާފަމެން އެމީހުންނަށް ކިޔޭ ނަމާއި ބެހޭގޮތުން ކުރީގެ މާމަކާފަ މެނަށްވުރެ ބޮޑަށް ވިސްނާ ކަމަށެވެ. އަދި މިނަން ވާންޖެހޭނީ އެމީހުންގެ މިޒާޖު ރަމްޒުކޮށްދޭ އެއްޗަކަށް ކަމަށްވެސް އޭނާ ބުނެއެވެ.

މީގެ އިތުރުން މިޒަމާނުގެ މާމަކާފަމެން، ދިރިއުޅުމުގެ އެކިއެކި މަރުހަލާތައް ގިރާކުރާކޮށްފައި މާމަކާފައިގެ މަރުހަލާއަށް ވާސިލްވުމުން އެއީ މިހާރުގެ މިއޮތް އުފާވެރި ދިރިއުޅުމަށް ކުރިއެރުންތަކެއް ލިއްބައިދޭނެ 'އެކްސައިޓިން' މަރުހަލާއެއް ކަމުގައި ނުދެކެއެވެ. އަދި އެލެން ދެކޭގޮތުގައި މިއީ މުސްކުޅިވާކަން އިހުސާސްކުރުވާ މަރުހަލާއެކެވެ. ނަމަވެސް ދަރިފުޅު ލިބުމާއިއެކު މިވިސްނުން ބަދަލުވާކަމަށްވެސް އެލެން ބުނެއެވެ.



ރާއްޖޭގައިވެސް މިހާރު މާމަ ކާފަ ކިޔުން މަދުވެއްޖެއެވެ. މާމަކާފަ ކިޔުއްވުމަކީ މައްސަލައެއް ނޫނެވެ. އަދި މާމަ ކާފަ ކިޔުއްވާ ބައެއް މީހުން ބުނަނީ މިއީ ދިރިއުޅުމުގެ މަރުހަލާއެއް ކަމެވެ. އަދި މިމަރުހަލާވެސް ޤަބޫލުކޮށް މާމަދަރިންނަށް އުފާކޮށްދީ މާމައެއްގެ ނުވަތަ ކާފައެއްގެ ރޯލް އަދާކޮށްދިނުމަކީ މުހިންމު ކަމެކެވެ.

އަނެއް ބަޔަކު ބުނަނީ މަންމި އެއް ހުރެފައި މަންމައެއް ހުރުމުން ގެއަށް ވަންނަ މެހެމާނަކު މަންމަ ކޮބައިތޯ އެހުމުން ދަރިފުޅު ހުންނަނީ ވާނުވާއެއްގެ ތެރޭގައެވެ. ދަރިފުޅުމެންނަށް ކިޔައިދޭންޖޭގޮތަށް ދިވެހި ބަހުގައި ކޮންމެ އާއިލީ މެންބަރަކަށް އޮންނަ ނަމެއް ކިޔުމަކީ ދަރިންނަށްވެސް މާފަސޭހަވެފައި އަދި އެހެން މީހުންނާއި މުއާމަލާތު ކުރާއިރު އާއިލާގެ ކޮންމެ މެންބަރެއް ފާހަގަ ކުރަން ފަސޭހަވެގެން ދާނެކަމެއް ކަމުގައެވެ.

ކޮންމެ ގެއެއްގައިވެސް ކޮންމެވެސް ގޮތަކަށް މިކަން ނިންމެއެވެ. މާމަ ކާފަ ކިޔުއްވާ ގޭގެއާއި ބޮޑު ބައްޕަ އާއި ބޮޑު މައްމަ ކިޔުއްވާ ގެތައް ހުރެއެވެ. ތިޔަ ގޭގައި ދަރިންލައްވައި މާމަ ކާފައަށް ކިޔުއްވަނީ ކީކޭހެއްޔެވެ؟


ކިޔުންތެރިންގެ ހިޔާލު


-1

ގރ

11-Jul-2023

މިގޭގާ މާމައަށް ކިއަނީ ދޮންބީބި, ކާފައަށް ކިއަނީ, ދޮންކޮކީ,


-10

ރަނގަޅު

11-Jul-2023

ރަނގަޅަށް ދަރިން ތަރުބީޔަތު ކުރުމަކީ ދިރިތިބި ބަޔެއްގެ މައްޗަށް ވާޖިބެކެވެ. އަދި އެ ތަރުބީއްޔަތު ވާންޖެހޭނީ އިސްލާމް ދީން އާއި ދިވެހި ސަގާފަތުގެ ރީތި އާދަ ކާދަ ތަކުގެ މަތިން އެވެ. ތިމާ މުސްކުޅިވެ މާމަ/ކާފަ ދަރިން ލިބުމުން އެކުދިން ލައްވާ ތިމާ އަށް ޖޭނީ ނުވަތަ ކުރިސް ކިޔުއްވުމަކީ އެމީހަކަށް މާތް ރަސްކަލާނގެ ދެއްވި ނިއުމަތަ ޝުކުރު ނުކުރާ ކަމުގެ ދަލީލެކެވެ.


1

ޑިމޮކްރަސީ

11-Jul-2023

މުސްކުޅި ވަމުންދާކަން ޤަބޫލު ނުކުރާތި



ޓްރެންޑިން