މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި މިއަހަރުގެ އަމީރުލް ހައްޖު، ފައިސަލް ނަސީމް ވަނީ ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދަންނަވާފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އެންމެ ފަހު ގްރޫޕުގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންނެވެ. އެންމެ ފަހު ގްރޫޕުގައި 290 ހައްޖުވެރިން ހިމެނެއެވެ.
1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން 1000 ޙައްޖާޖީން ސަޢުދީއަށް ދިޔައެވެ. މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ދިވެހި ޙައްޖާޖީން ރާއްޖެއަށް އައިސްފައިވަނީ ޖުމުލަ 6 ފްލައިޓެއްގައެވެ.
މިއަހަރު ރާއްޖެއިން ޙައްޖުވުމަށް ސަޢުދީއަށްދިޔަ ޙައްޖާޖީންގެ ތެރެއިން 4 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު