ކުރެއްދޫ ރިޒޯޓް؛ ރާއްޖެިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ފެނިފައިވަނީ ކުރެއްދޫ ރިޒޯޓުން
ކުރެއްދޫ ރިޒޯޓް؛ ރާއްޖެިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ފެނިފައިވަނީ ކުރެއްދޫ ރިޒޯޓުން
ކަރަންޓީންގައި ތިބުމަށްފަހު ރާއްޖެއިން ދިޔަ އިޓަލީގެ 2 ފަތުރުވެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ ދަރުބާރުގޭގައި މީގެކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ.

މި ދެމީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ވަނީ ފުރަތަމަފަހަރަށް ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާފައެވެ. މިމީހާއަކީ އިނގިރޭސި ވިލާތަށް ދަތުރުކޮށްފައި އައި ފަހުން ރާއްޖޭައި ކަރަންޓީނު ކޮށްފައި ހުރި މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން