ރާއްޖޭގެ 155 ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ގޮތަށް ބަދަލުކުރުމުގެ މަޝްރޫއެއް ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
ސަރުކާރުން މިއަދު މި މަޝްރޫޢު އިޢުލާނު ކޮށްފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް އޭސީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުން ނިންމާފައިވަނީ އެވަޢުދު ފުއްދުމުގައި ތިމާވެއްޓާއި ރަޙުމަތްތެރި އަދި ޚަރަދުކުޑަވާނެ ގޮތަކަށް އެކަން ކުރުމަށެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ 155 ރަށެއްގެ 155 މިސްކިތެއްގައި ސޯލާ ޕީވީ ނިޒާމު ގާއިމްކުރުމަށް މަޝްރޫއެއް ފެށުމަށް ބޭނުންވާ ސޯލާ ފީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 17 ގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.
ދައުލަތުން 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ހަވާލުކުރަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އަދި އެ ނިޒާމު ބަލަހައްޓާނީ ރަށު ކައުންސިލުތަކުންނެވެ. ހަމައެއާއެކު އަންނަ މަހުގެ ތެރޭގައި ބައެއް މިސްކިތްތަކުގައި މަސައްކަތް ފެށުމަށް ސަރުކާރުން މިހާރުދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގެ 155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާނުކުރެއްވީ ފ. ނިލަންދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫޢު ނިމުމުން މިސްކިތްތަކުގެ ކަރަންޓު ބިލުން 50 އިންސައްތަ ކުޑަކުރެވޭނެކަމަށެވެ. އަދި އެ ހުރިހާ މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރާއިރު މިސްކިތްތައް އެސީ ކުރެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިސްކިތްތައް އޭސީކުރުމަށް ކުރަންޖެހޭ ސާރވޭގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު