މައްސަލަ ޙަލުކޮށް ސުޕްރީމް ކޯޓަށް ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ސުޕްރީމް ކޯޓް ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑުމަށް މެދުވެރިވި މައްސަލަ ހައްލު ކޮށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. ކަރަންޓު ކެނޑުނީ ސްވިޗް ގިއާއެއް ފެއިލް ވެގެން ކަމަށާއި އޭގެ ފަހުން އޯވަރލޯޑްގެ މައްސަލައެއް މެދުވެރިވީކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސުޕްރީމްކޯޓުން ދާދި ދެންމެއަކު ވަނީ 3:45 އަށް ޝަރީއަތް ފަސްކޮށްފައިވާކަމަށް ބުނެފައެވެ.
އަޑުއެހުންތައް ފެށުމަށްޓަކައި ރައީސް ޔާމީނާއި އެމަނިކުފާންގެ ވަކީލުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުންގެ ވަކީލުން ވެސް މިހާރު ވަނީ ކޯޓަށް ވަޑައިގެންފައެވެ. އަދި އެ އަޑުއެހުމަށް ވަނުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާއި ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި ކިޔޫ ހަދައިފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށައެޅިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުން ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލަތައް ހަތް ދުވަސްތެރޭ ނިންމަން ޖެހެއެވެ.

މިއަދު 15:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލިސް ދެން ފެށޭނީ 15:45 ގައި. ޝަރީޢަތް ފެށުން ލަސްވެފައިވަނީ ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދުން ކަރަންޓު ދިއުމުގެ ސަބަބުން.
— Supreme Court of the Maldives (@SCMaldives) August 4, 2023
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށައެޅިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުން ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލަތައް ހަތް ދުވަސްތެރޭ ނިންމަން ޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު