ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް.
ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް.
ދީނީ މައްސަލަތަކުގައި ޢިލްމުވެރިން މީސް މީޑިއާގައި ޖަދަލު ކުރުމަކީ މުޖްތަމަޢުގައި ފިތުނަ އުފެދޭނެ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތް ހެދުމުގައި ގައިދުރުކުރުމާމެދު ރާއްޖޭގެ ދީނީ ޢިލްމުވެރިން މީސް މީޑިއާގައި ދަނީ ހޫނު ބަހުސްތަކެއް ކުރަމުންނެވެ. އަދި މިކަމުގައި ޢިލްމުވެރިންގެ ޚިޔާލު ދެކަފިވެފައިވާއިރު ޢަމަލު ކުރާނެ އެންމެ ރަނގަޅުގޮތެއް ނޭނގި ޢާއްމުންތިބީ ކަންބޮޑުވުމެއްގައެވެ.

އެކަމާ ގުޅިގެން ކާނަލް ރިޓަޔަރޑް ނާޒިމް ވިދާޅުވީ، ދީނީ ކަންކަމުގައި ޢިލްމުވެރިން ޢާއްމު ޕްލެޓްފޯމްތަކުގައި، ދެބަސްވެ ޖަދަލުކުރާނަމަ، ރައްޔިތުންނަށް އޮޅުންއަރައި، ފިތުނަ އުފެދި، މުޖްތަމަޢުގައި ހަމަނުޖެހުން އުފެދޭނެ ކަމަށެވެ.

"މުޖްތަމަޢަށް މަސްލަޙަތު ހުރި ގޮތަކީ، ދީނީ ކަންކަމުގައި މަޝްވަރާކޮށް ޢިލްމުވެރިން ނިންމަވާގޮތެއް ޢާއްމުކުރުން." މެމްބަރު ނާޒިމް ވިދާޅުވެފައިވެއެވެ.



ތިން މަހަށް ފަހު މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށިއިރު، ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރުކަން ނުބަހައްޓާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިބެގެން ސަފު ހަދައިގެން ނަމާދުކުރި ނަމަވެސް ނަމާދު ސައްހަވާނެ ކަމަށާއި، މިހާލަތުގައި ދިމާވެގެން އުޅެނީ އެފަދަ ސަބަބެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫންގެ މި ވާހަކަފުޅަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް ވަނީ ތާޢީދު ކުރަށްވާފައެވެ.

އެހެން ނަމަވެސް ނަމާދަށް ސަފު ހެދުމުގައި ގައިދުރުކުރަންވީ ސަބަބެއް ރާއްޖޭގައި ނެތްކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އާއި ޝައިޚް ޢަލީ ޒައިދު ވަނީ މީސްމީޑިއާގައި ޚިޔާލުފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ރައްޔިތުން

16-Jul-2020

މި ރާއްޖޭގެ ކޮންމެ މީހަކީ ޢިލްމީ ގޮތުން ދީނީ ކަންކަން ވަރަށް ރަނގަޅަށް އެނގޭ މީހުން.


9

ސަޢީދު

14-Jul-2020

މިރާއްޖޭގައި ތިބި ގިނަހިލްމުވެރިންނަކީ ޕާކިސްތާނުގައި މީހުންގެ އަނބިން ހައްލައިހެން ވައްކަން ކިޔަވަން އުޅެފައި އައިބައެއް ތުބުޅިދިގުކުރީމަ އިލްމުވެރިޔަކައްވީތަ



ޓްރެންޑިން