ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ފ. ނިލަންދޫ، ފިނިފެންމާގެ، ޢަލީ ސާހިލް އަށް ދަޢުލަތުގެ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ދީފިއެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލައަށް ވަކީލަކު ހޯދާނެ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިދެއެވެ. އެގޮތުން ސާހިލްއަށް ހަމަޖައްސައިދިން ވަކީލް މިހާރުވަނީ މައްސަލައިން ތަނާޒުލްވެފައެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ވަކީލަކާ އެކު މައްސަލަ ކުރިއަށް ގެންދިއުމަށް ސާހިލް ބޭނުންވާތީ ދައުލަތުން ވަކީލަކު ހަމަޖައްސަން އިތުރު މުހުލަތެއް ދީފައިވާ ކަމަށެވެ. ސާހިލްއަކީ މިމައްސަލައިގައި ފުލުހުން ތުހުމަތުކުރާ ހަމައެކަނި މީހާއެވެ. އޭނާ ހައްޔަރުކުރީވެސް ކުށުގެ ވެށިންނެވެ.

06 އޮގަސްޓު 2022 ދުވަހު ހ. ޝީރީންވިލާގޭގައި، ތޫނުއެއްޗަކުން ޙަމަލާދީ އަންހެނަކު މަރާލި މައްސަލައިގައި ފ. ނިލަންދޫ، ފިނިފެންމާގެ، ޢަލީ ސާހިލްގެ މައްޗަށް ދައުވާ ކުރުމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު ދަޢުލަތުންވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެނާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި އިތުރު 4 ދަޢުވާއާއެކު، ޖުމްލަ 5 ދަޢުވާކަމަށްވެސް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.

އޯގަސްޓު މަހުގެ 6 ވަނަ ދުވަހު ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އެނގެއެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައްވެސް އޮތީ ވަކިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ބެއްޔާ

16-Aug-2023

މިއަދުވަޚިލުން ހޯދައިގެން ނުކރުާ ކަމެއްގޮތުގައި ނިންމުނަސް. މަތިވެރި މަާތް ގެ ހަޒަރަތުގައި ތިބާ ޖަވާބުދާރީވާނީ ކިހިނަކުން? އިންސާނާގެ ފުރާނައަކީ ހުރުމަތްތެރިކުރައްވާފައިވާ އެއްޗެއް.



ޓްރެންޑިން