ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ރަނގަޅު ވަސީލަތަކީ ދަރިންނަށް މައިންބަފައިން ދައްކަވާ ނަމޫނާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އެގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ދަރިންގެ ކުރިމަތީގައި މައިންބަފައިންގެ އަމަލުތައް ހެޔޮ ގޮތުގައި ބެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިއަދުގެ ހުކުރު ޚުތުބާގައި މިޒަމާނުގެ މައިންބަފައިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަތަކަށް ރިއާޔަތްކޮށް ވާހަކަދައްކާފައިވެއެވެ.

"ޤައުމުގެ ދަރީންނަށް ރަނގަޅު ތަރުބިއްޔަތު ލިބެމުން ނުދާކަމަށް ބުނެ، މައިންބަފައިންނާއި، މުރައްބީން މިއަދު ޝަކުވާ ކުރެއެވެ. ތަރުބިއްޔަތު ކުރުމުގެ އެންމެ ރަނގަޅު ވަސީލަތަކީ ނަމޫނާއެވެ. ބަހުގެ އަސަރަށްވުރެ ކަމުގެ އަސަރު ބޮޑުވާނެތީއެވެ." ޚުތުބާގައި ވެއެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި ދަރިފުޅަށް ނަސޭހަތްތެރިވާން އެދޭ މަޔަކު، އެކުއްޖާގެ ބައްޕައަށް ދޮގުހަދާތަން ފެންނަ ނަމަ ވާނީ ކިހިނެއްކަން ވިދާޅުވެދެއްވާފައިވެއެވެ. އަދި ބައްޕަ އޭނާގެ ދަރިފުޅު ގާތުގައި ދޮގު ނަހަދާށޭ ބުނަމުން ދާއިރު، ބައްޕަ ހޯދަން މީހަކު އައި ހިނދު، ބައްޕަ ގެއަކު ނޫޅެޔޭ ބުނަމުން ދާއިރު، ބައްޕަ ގެއަކު ނޫޅެޔޭ ބުނަން ބުނާ ބައްޕަގެ ފަރާތުން ލިބޭނެ ހެޔޮ ނަމޫނާއެއް އޮންނާނެތޯ ސުވާލު ކުރައްވާފައިވެއެވެ.

އަދި ހަމައެއާއިއެކު، ވިސްނާ ނުލާ، އެއްވެސް ނަމޫނާއެއް ނަކަލު ނުކުރުމަށް ޒުވާނުންނަށް ނަސޭހަތްތެރިވަމުން، އިސްލާމްދީން މަނާކުރާ ފަންނުތަކާއި، ހުނަރުތަކާއި ދުރުހެލިކުރުވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން