އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ހިއްސާގެ ބާޒާރަށް ނާޖާއިޒު ނުފޫޒުފޯރުވާ، ޢާއިލީ ކުންފުނީގެ އަގު މަތިކުރުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ގާތް ގުޅުންތަކެއް އޮންނަ އަދާނީ ޢާއިލާއިން އަމިއްލަ ކުންފުނީގެ ހިއްސާ، ހިއްސާގެ ބާޒާރުން، އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން، ގަނެފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

މިޢާއިލާއިން މިކަން ކޮށްފައިވަނީ ހިއްސާގެ ބާޒާރުގެ ކަންތައްތައް ބަލަހައްޓާ ރަސްމީ ފަރާތްތަކަށް ނޭގޭނެ ގޮތަށް ސިއްރުންނެވެ. މިޢާއިލާއާއި ގުޅިފައިވާ ބޭރުގެ ފަރާތްތައް މެދުވެރިކޮށް މިޢާއިލާއިން މިގޮތަށް ހިއްސާ ގަންނަތާ އެތައް އަހަރެއްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ދާދި ފަހުން، މީހަކު ހީވެސްނުކުރާހާ ބާރު ދުވެއްޔެއްގައި އަދާނީގެ ޢާއިލީ ކުންފުނި، އަދާނީ ގްރޫޕް ދުނިޔޭގެ އެންމެ ބޮޑު ކުންފުނިތަކުގެ ލިސްޓަށް އެރީ މިހެންވެކަމަށްވެއެވެ. އަދި އެހެންމެ، އިންޑިއާގެ އެންމެ ބޮޑު އަދި ބާރުގަދަ ކުންފުނިތަކުގެ ތެރޭގައިވެސް އަދާނީ ގްރޫޕް ހިމެނިގެން ގޮސްފައިވެއެވެ.

2022 ވަނަ އަހަރު އައިރު އަދާނީ ގްރޫޕުގެ ވެރިޔާ ގޯތަމް އަދާނީވަނީ އިންޑިއާގެ އެންމެ މުއްސަނދި މީހާއަށް ރަސްމީކޮށްވެފައެވެ. އަދި މުއްސަނދިންގެ ލިސްޓުން ދުނިޔޭގެ ތިންވަނަވެސް އޭނާވަނީ އެހާތަނަށް ހޯދާފައިއެވެ. އޭރު އޭނާގެ މިލްކިއްޔާތަކީ 120 ބިލިއަން ޑޮލަރުކަމަށް ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހު، ހިއްސާގެ ބާޒާރު ދިރާސާކުރާ އެމެރިކާގެ ކުންފުންޏެއްކަމަށްވާ ހިންޑެންބާރގް ރިސާޗުން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ ކުންފުނިތަކުގެ ވިޔަފާރީގެ ތާރީޚުގައި އެހާތަނަށް ކުންފުންޏަކުން ހިންގާފައިވާ އެންމެ ބޮޑު އޮޅުވާލުން އަދާނީ ގްރޫޕުންވަނީ ހިންގާފައެވެ.

ހިންޑެންބާރގުން ބުނީ އަސާސްތަކާއި ޚިލާފަށް، ހިއްސާގެ ބާޒާރާއި ކުންފުނީގެ ހިސާބުކިތާބަށް އަދާނީ ގްރޫޕުން ނާޖާއިޒު ނުފޫޒުފޯރުވާފައިވާކަމަށެވެ. މިގޮތުން މިކުންފުނިން ހިންގި ޢަމަލުތަކުގެ ސަބަބުން ކުންފުނީގެ އަގު 2022 ވަނަ އަހަރު އައިއިރު 288 ބިލިއަން ޑޮލަރަށް އަރާފައިވާކަމަށް ހިންޑެންބާރގް ރިޕޯޓުގައި ލިޔެފައިވެއެވެ.

ހިންޑެންބާރގް ރިޕޯޓަކީ ދޮގުތަކެއްކަމަށް އަދާނީ ގްރޫޕުން ބުނެފައިވއެވެ. ނަމަވެސް މިރިޕޯޓު ނެރުމާއި ގުޅިގެން އަދާނީ ގްރޫޕުގެ ސައިޒު (ބޮޑުކުޑަ މިން) 100 ބިލިއަން ޑޮލަރުން ކުޑަވެގެންދިޔައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން