އިރުމަތީ ގުދުސްގައި އިސްރާއީލުގެ ފުލުހުން ފަލަސްޠީނުގެ ޒުވާނަކަށް އަމާޒުކޮށް އޭނާ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލުމުން އެކަމާއި އިސްރާއީލީން އުފާފާޅުކުރާ މަންޒަރުތައް ދައްކައިދޭ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.

އުމުރުން ސާދަ އަހަރުގެ ޚާލިދުލް ޒަނީންގެ ގަޔަށް އިސްރާއީލުގެ ފުލުހުން ބަޑިޖެހީ، ރޭލު ސްޓޭޝަނެއްގައި ހުރެފައި އިސްރާއީލުގެ ރައްޔިތެއްގެގަޔަށް ވަޅިހަރަން، އޭނާ އުޅުމުންކަމަށް އިސްރާއީލުގެ ފުލުހުން ބުނެއެވެ.

ޚާލިދު ޝަހީދުކޮށްލުމަށްފަހު މިދިޔަ ބުދަ ދުވަހުގެ ރޭ، އޭނާގެ އާއިލާގެ ގެޔަށް އިސްރާއީލު ފުލުހުން ގަދަކަމުން ވަދެ، އެގޭގައިތިބި އޭނާގެ އާއިލީ މެމްބަރުން ހައްޔަރުކޮށްފައިވެއެވެ.

އިސްރާއީލުގެ ފުލުހުން މިޒުވާނާގެ ގަޔަށް ބަޑިޖެހީ ގުދުސްގެ ދިމިޝްގް ދޮރު ކައިރީގައިއެވެ. ހަމަ އެވަގުތުން ވަގުތަށް އޭނާ ޝަހީދުވިކަމަށް ޚަބަރުތައް ބުނެއެވެ.

ޝަހީދުކުރެވުނު ޚާލިދުގެ ފުރާނަނެތް ހަށިގަނޑު ދިމިޝްގް ދޮރު ކައިރީގައި އޮއްވާ އެތަނުން ނަގައިގެން ގެންދެވުނު އިރު އެތަނަށް އެއްވެފައިތިބި އިސްރާއީލުގެ ރައްޔިތުން އެކަމާއި އުފާކޮށް އަތްތިލަބަޑިޖަހާ އުފަލުން އަޑުގަދަކުރަމުންދިޔައެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ޚާލިދުގެ ގަޔަށް ބަޑިޖެހުމުގެ ކުރިން ދެއަތް މައްޗަށް ނަގައިގެން އޭނާ އޭރު ހުރި ތަނުގައި އޭނާ އޮށޯތެވެ. އޭނާ ޝަހީދުވެފައި އެތަނުގައި އޮތްއިރު އޭނާޔަށް ފަރުވާ ދިމުމަށް އޭނާއާއި ކައިރިވާން އުޅުނު ޞިއްޙީ ދާއިރާގެ މީހުންނަށް އިސްރާއީލުގެ ފުލުހުން ހުރަސްއެޅުމާއި ގުޅިގެން އޭނާ މަރުވީ އެތަނުގައި އޮއްވާ ހަށިގަނޑުން ފޭބި ލޭގެ ގިނަކަމުންކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން