އިރާއި ދިމާޔަށް ބަލާ އިރުގެ ކަންތައްތައް ތަޙްގީގުކުރުމަށްޓަކައި އިންޑިއާއިން ރޮކެޓެއް އުދުއްސާލައިފިއެވެ. މި ރޮކެޓް އުދުއްސާލާފައިމިވަނީ އިންޑިއާއިން ހަނދުގެ ދެކުނު ދަނޑިއަށް ކާމިޔާބުކަމާއިއެކު އުޅަނދެއް ތިރިކުރިތާ ގާތްގަނޑަކަށް ހަފުތާއެއް ފަހުންނެވެ.

އިރުގެ ދިރާސީ ތަޙްގީގަށް ބޭނުންވާ އާލާތާއެކު އުދުއްސާލެވުނު އަދިތްޔާ ރޮކެޓް (އަދިތްޔާ-އެލް. ވަން) އުދުއްސާލާފައިވަނީ އިންޑިއާ ގަޑިން މިއަދު 11.50 ގައިއެވެ. އަދިތްޔާގެ ހަތަރު މަސްދުވަހުގެ މިދަތުރުގައި އިރުގެ ބޭރު ފަށަލަތައް ދިރާސާކުރާނެއެވެ.

މިރޮކެޓު އުދުހެން ފެށުމުން ފަޒާޔާބެހޭ ދިރާސާތައްކުރާ އިންޑިއާގެ އިދާރާ އިސްރޯގެ ސައިންސްވެރިން އެކަމުގެ އުފާ، އަތްތިލަބަޑިޖަހާ، މިއަދު ފާޅުކުރަމުންދިޔައިރު މިރޮކެޓު ދިޔައީ ދުމުގެ ނިގުލަކާއި އަލިފާނުގެ ފިޔަވަޅުތަކެއް ޖައްވަށް، އޭގެ ފަހަތަށް ދޫކުރަމުންކަމަށާއި ޓީވީން ވަގުތުން އެމަންޒަރުތައް ދުރަށް ދައްކަމުންދިޔަކަމަށް އަލްޖަޒީރާ ނޫހުން ބުނެއެވެ.

އަދިތްޔާއިން ކުރާ ތަޙްގީގީ ދިރާސާކުރުމަށް ހަތް ބާވަތެއްގެ އާލާތް ދުނިޔެއިން ފެށިގެން 1.5 މިލިއަން ކިލޯމީޓަރު ދުރަށް ގެންދާނެކަމަށްވެއެވެ. އަދިތްޔާއިން ފަޒާޔަށް ގެންދާ ހުރިހާ އާލާތްތަކަކީ އިންޑިއާގައި އުފައްދާފައިވާ ތަކެތިކަމަށް އިސްރޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން