އެފްރިކާ ބައްރުގެ ހުޅަނގު ފަޅީގައި އޮންނަ ނައިޖަރުގެ ވެރިރަށް ނިއާމޭގެ މަގުތަކަށް އެތައް ހާސް ބަޔަކު އިއްޔެ އެއްވެ، އެގައުމުގައި ހުންނަ ފަރަންސޭސިވިލާތުގެ ސަފީރާއި އަދި އެގައުމުގައި ތިބޭ ފަރަންސޭސި ސިފައިން އެގައުމު ދޫކޮށް ދިޔުމަށް ގޮވާލާ މުޒާހަރާކޮށްފިއެވެ.

ވެރިރަށް ނިއާމޭގައި މިމުޒާހަރާ މިކުރީ ނައިޖަރުގައި ދާދިފަހުން ހިނގި ބަޣާވާތަކަށްފަހު އެގައުމުގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އަސްކަރީ ވެރިން ފަރަންސޭސިވިލާތް ކުށްވެރިކުރެއްވި ފަހުންނެވެ. ނައިޖަރުގެ އަސްކަރީ ވެރިން ވިދާޅުވާ ގޮތުގައި އެގައުމުގެ ދާޚިލީ ކަންކަމާއި ފަރަންސޭސިން ދަނީ ބެހެމުންނެވެ.

ފަރަންސޭސި އަސްކަރިއްޔާގެ ލަޝްކަރެއް މަރުކަޒުވެގެންތިބޭ ތަނަކާއި ކައިރިޔަށް އިއްޔެ މުޒާހަރާކުރި މީހުން އެއްވެފައިވެއެވެ. އެމީހުން މިމުޒާހަރާތެރޭގައި ފޮތީގައި ލިޔެގެން ބޭނުންކުރި ޝިޢާރެއްގައި "އޭއް ފަރަންސޭސި ލަޝްކަރު، މިގައުމުން ފައިބައިގެންދޭ" މިހެން ލިޔެފައި އޮތެވެ.

ނައިޖަރުގައި މިހާރު ހިންގަމުންދާ އަސްކަރީ ސަރުކާރު ވެރިކަމަށް ގެނެވިފައިވަނީ ބަޣާވާތެއްގެ ޒަރިއްޔާއިން މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހުއެވެ. މިސަރުކާރުގެ ވެރިން ތުހުމަތުކުރަށްވާ ގޮތުގައި ފަރަންސޭސިވިލާތުގެ ރައީސް އިމޭނުއަލް މެކްރޯން އުޅުއްވަނީ އާގޮތަކަށް އަނެއްކާ ނައިޖަރު އިސްތިޢުމާރުކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން