ޕާކިސްތާނުގައި ކަރަންޓު ބިލްތައް ބޮޑުވެ، ޓެކްސްތައް ބޮޑުކޮށްފައިވާތީ، އެކަމާއި ދެކޮޅަށް އިޙްތިޖާޖުކުރުމުގެ ގޮތުން އެގައުމުގެ އެތައް ހާސް ފިހާރަޔެއް އިއްޔެ، ވިޔަފާރިޔަށް ހުޅުވާނުލާ ބަންދުކޮށްފައި ބަހައްޓައިފިއެވެ.
ވަރަށް ދޯދިޔާ ގޮތަކަށް ޕާކިސްތާނުގެ ކުރީގެ ސަރުކާރުތަކުން އެގައުމުގެ އިގްތިޞާދީ ނިންމުންތައް ނިންމާ، އިގްތިޞާދު ހިންގާފައިވާތީ، އެގައުމުން އޮންނަނީ އަބަދުވެސް ބޭރުގެ ކޮންމެވެސް ފަރާތަކަށް ސަލާންޖަހަންޖެހިފައިއެވެ. އެގޮތުން ގައުމަށް އެތެރެކުރަންޖެހޭ ތެލާއި ގޭހާއި އެހެނިހެން ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ލިބެން ނެތިގެން ދާދި ފަހުންވެސް ޕާކިސްތާނުންވަނީ ބައިނަލް އަގްވާމީ މާލީ އިދާރާ އައި.އެމް.އެފުން ލޯނެއް ނަގާފައިއެވެ. މިފަދަ ލޯނުތަކުގެ ޝަރުޠުތައް ހުންނަ ގޮތުން ތެލާއި ގޭހާއި އަގުހެޔޮކޮށް ވިއްކޭނެ ގޮތެއް ސަރުކާރަކަށް ނޯވެއެވެ. މިކަމުގެ ސަބަބުން ބާޒާރުގައި ހުންނަ އެހެނިހެން ހުރިހާ ބާވަތެއްގެ އުފެއްދުންތަކާއި ހޯދަންޖެހޭ ޚިދުމަތްތަކުގެ އަގުތައް އަތްނުފޯރާ ފަށަށް އަރައެވެ.
އިއްޔެ ވިޔަފާރިވެރިން ކުރި އިޙްތިޖާޖުގައި ޕާކިސްތާނުގެ އެންމެ ބޮޑެތި ސިޓީތައްކަމަށްވާ ކަރާޗީއާއި ލާހޫރާއި ޕިޝާވަރުގެ އެތައް ހާސް ފިހާރަޔެއް ބަންދުކޮށްފައި ބެހެއްޓިއެވެ. މިސިޓީތަކުގެ މަޝްހޫރު ބޮޑެތި ބާޒާރުތައް އިއްޔެ ފަޅުވިކަމަށް ޚަބަރުތައް ބުނެއެވެ.
އިއްޔެ އިޙްތިޖާޖުކުރި ވިޔަފާރިވެރިން ބާޒާރުތަކުގައި ލިޔެފައިހުރި ލިއުންތަކުގައި "ކަރަންޓު ބިލްތަކާއި ޓެކްސްތައް މިހާބޮޑަށް ބޮޑުވީމާ، ކޮން ޢުޛުރެއްދައްކާކަށް" މިހެންވެސް ލިޔެފައި ހުއްޓެވެ.
ޕާކިސްތާނުގެ މިހާ ގިނަ އަދަދެއްގެ ވިޔަފާރިވެރިން މިފަދަ މުޒާހަރާޔެއް، އިޙްތިޖާޖެއް މިކުރީ އެގައުމުގެ އާންމު އިންތިޚާބު ވަރަށް ކައިރިވެފައިވާ ދަނޑިވަޅެއްގައިއެވެ. ޚަބަރުތައް ބުނާ ގޮތުއި ޕާކިސްތާނުގެ ބާޒާރުތަކުގައި ވިޔަފާރިކުރާ ތާޖިރުންނަކީ ވޯޓަށް ވަރަށް ބޮޑު ނުފޫޒެއްފޯރުވާ ބަޔެކެވެ. މިފަދަ ދަނޑިވަޅެއްގައި މިހާ ގިނަ ވިޔަފާރިވެރިންތަކެއް ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅުހަދަން ފެށުމަކީ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވާނެ ކަމެއްކަމަށްވެއެވެ.
ވިޔަފާރިވެރިން ހިތްހަމަޖައްސައިދެމުން އައި.އެމް.އެފް ހިތްހަމަޖައްސައިދިނުމަކީ ސަރުކާރަކަށް ކުރަންޖެހޭ ވަރަށް ނާޒުކު މަސައްކަތެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު