ސްވިޑެން ސަރުކާރުގެ ހުއްދައާއެކު އަނެއްކާވެސް އެގައުމުގައި ކީރިތި ގުރުއާން، މުސްހަފެއް އަންދާލުމަށް މަސައްކަތް ކޮށްފިއެވެ.
މި ކުފުރުގެ އަމަލު ހިންގާފައިވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ކީރިތި ޤުރުއާން އަންދާލަން މަސައްކަތްކުރި ސްވިޑެންގައި ދިރިއުޅޭ އިރާގުގެ ރެފިއުޖީއެއްކަމަށްވާ ސަލްވާން މޮމިކާ އެވެ.
ކީރިތި ގުރުއާން އަންދާލުމަށް ސްވިޑެންގައި މިދިޔަ އާއްދީތަ ދުވަހު ކުރިއަށް ދިޔަ ހަރަކާތް ބަލާލަން އެތައްބަޔަކު އެއްވެފައިވެއެވެ. އެއްވި މީހުންގެ ތެރެއިން މިހަރަކާތާއި ދެކޮޅު ހަދައި އަޑު އުފުލަން މަސައްކަތްކުރި މީހުން ހުއްޓުވައި، އޭގެ ތެރެއިން 10 މީހަކު ވަނީ ސްވިޑެންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިއަށްދިޔަ މިހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އެކި ގައުމުތަކުން އައިސް ސްވިޑެންގައި އާބާދުވެފައިވާ ގިނަބަޔަކު ދިރިއުޅޭ ދެކުނުގެ ސިޓީއެއް ކަމަށްވާ މަލްމޯގެ މައިދާނެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން އެހަރަކާތް ބަލާލުމަށް ގާތްގަނޑަކަށް 200 އެއްހާ މީހުން ޖަމާވިއެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ޤުރުއާން އަންދަން ފެށުމުން އެއްވެފައި ތިބި މީހުންގެ ތެރެއިން ބަޔަކު ހިތްހަމަ ނުޖެހި ނުރުހުން ފާޅުކޮށްފައިވާކަމަށާއި، އަދި ހަމަ ނުޖެހުމަކަށް މަގުފަހިވާންފެށުމުން، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބަޔަކު ހައްޔަރު ކުރަންޖެހުނުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު