އިންޑިއާ ސަރުކާރުން ޖީ20 ގެ މެހެމާނުންނަށް ރޭގަނޑުގެ ކެއުމަކަށް ދިން ދައުވަތުގައި 'އިންޑިއާ' ގެ ނަން އެގައުމުގެ ގަދީމީ ނަންކަމަށްވާ 'ބާރަތު' ގެ ގޮތުގައި ބޭނުންކޮށްފިއެވެ.
މިބަދަލަކީ އިސްތިއުމާރީ ޒަމާނުގެ ނަންތަކެއްގެ ގޮތުގައި ދެކޭ ނަންތައް އިންޑިއާއިން ނައްތާލުމަށް ހިންދޫ ނެޝަނަލިސްޓު ޕާޓީން ކުރާ މަސައްކަތެއް ކަމަށް މޯދީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދެކެއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މި ހަފުތާގެ ގްރޫޕް އޮފް 20 ސަމިޓުގައި ބައިވެރިވާ މެހެމާނުންނަށް ފޮނުވި ރޭގަނޑުގެ ކެއުމުގެ ދައުވަތުގައި، 'އިންޑިއާ'، މިނަމުގެ ބަދަލުގައި ސަންސްކްރިޓް ބަހެއް ޖަހާފައިވާއިރު، މި ދައުވަތުގައި “އިންޑިޔާގެ ރައީސް” ގެ ބަދަލުގައި “ބާރަތުގެ ރައީސް” ގެ ނަމުން މުހާތަބުކޮށް ދައުވަތު ލިޔުން ތައްޔާރުކޮށްފައިވެއެވެ.
މިލިއުން ދިފާއުކުރާ ފަރާތްތަކުން ބުނަމުންދަނީ، 1.4 ބިލިއަނަށް ވުރެ ގިނަ މީހުންގެ ދިރިއުޅޭ އިންޑިއާގައި އަބަދުވެސް ރަސްމީކޮށް ދެ ނަމެއް ބޭނުންކުރާ ކަމަށާއި، އެއީ އިންޑިއާ، މިނަމުގެ އިތުރުން ބާރަތު ކަމަށް ފާހަގަކުރެއެވެ. މިދެނަމުގެ ތެރެއިން ބާރަތު މިނަން އެންމެ ގިނައިން ބޭނުން ކުރަނީ އިންޑިއާގެ އެތެރޭގެ މުއާސަލާތްތަކުގެ އިތުރުން އެގައުމު ސިފަކޮށްދިނުމުގެ ގޮތުންކަމަށްވެސް އެމީހުން ބުނެއެވެ.
ބާރަތު އަކީ ގިނަ ތާރީޚް ލިޔުންތެރިން ގަބޫލުކުރާ ގޮތުގައި ޤަދީމީ ސަންސްކްރިޓް ލަފުޒެކެވެ. މިއީ ހިންދޫންގެ ކުރީގެ ލިޔުންތަކުގައި ލިޔެފައިވާ ލަފުޒެކެވެ. މި ލަފުޒުގެ މާނައަކީ ހިންދީ ބަހުން ވެސް އިންޑިއާ އެވެ.
އާންމުކޮށްވެސް އިންޑިއާގެ ނަން ބާރަތު އަށް ބަދަލުކޮށް ކިޔުމަށް ތާއީދު ކުރަނީ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީގެ އޮފިޝަލުންނެވެ. އެމީހުން ބުނާ ގޮތުގައި އިންޑިއާ މި ނަމަކީ އިނގިރޭސި އިސްތިޢުމާރީން ތަޢާރަފްކުރި ނަމެއް ކަމަށާއި، މިއީ “އަޅުވެތިކަމުގެ ރަމްޒެއް” ކަމަށެވެ.
1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބެންދެން ގާތްގަނޑަކަށް 200 އަހަރު ވަންދެން އިނގިރޭސިން އިންޑިއާގައި ވެރިކަން ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު