ގޭ ބަދިގެއިން އިންސާނުންގެ ހަށިތަކެއް ފެނުމުން ސީރިއަލް ކިލާއެއްކަމަށް ޝައްކުކޮށް ރުވާންޑާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ރުވާންޑާގެ ފުލުހުން ހާމަކޮށްފައިވާގޮތުން، މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ ވެރިރަށް ކިގާލީގައި ހުންނަ ގެއެއްގެ ބަދީގޭގައި ކޮނެފައިވާ ވަޅުގަނޑެއްގައި ވަޅުލާފައި އޮތް 10 ވަރަކަށް ހަށިގަނޑު ފެނުމުންނެވެ.
މިމައްސަލައިގައި އުމުރުން 34 އަހަރުގެ ފިރިހެނަކު ހައްކަރުކޮށްފައިވާރު، އޭނާ އަކީ ސީރިއަލް ކިލަރ އެއް ނުވަތަ ސިލްސިލާކޮށް މީހުން މަރާ މީހެއްކަމަށް ޝައްކުކުރެވޭކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. އަދި އޭނާ މީހުން މަރާފައިވަނީ ބާ ތަކުން މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ ބޮލަށް ސަވާރުވެ، އޭނާ ކުއްޔަށް ހިފާފައިވާ ގެއަށް އެމީހުން ގެންގޮސްގެންކަމަށް ފުލުހުން ލަފާކޮށްފައިވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާ ދިރިއުޅޭ ގޭގެ ބަދިގޭގައި ވަޅުލާފައި ވަނިކޮށް 14 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.
ނަމަވެސް މިމައްސަލައިގެ އިތުރު ތަފްސީލު އާންމު ކުރެވޭނީ ކުރަންޖެހޭ ތަހުގީގުކޮށް ފޮރެންސިކް ތަހުލީލުތައް ކޮށްގެންކަމަށް ރުވާންޑާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު