ސްރީލަންކާގެ ފިރިހެނަކު އޭނާގެ ދަރިފުޅާއެކު ދަތުރުކުރަމުން ދިޔަ ރޭލެއްގެ ކުރިމައްޗަށް ފުންމާލައިފިއެވެ.

އުމުރުން 38 އަހަރުގެ މިފިރިހެންމީހާ އޭނާގެ 6 އަހަރުގެ ދަރިފުޅާއިއެކު ދަތުރުކުރަމުން ދިޔަ ރޭލެއްގެ ކުރިމައްޗަށް ފުންމާލައިފައި ވަނީ އޭނާގެ އަންހެނުން އޭނާއަށް ބޭވަފާތެރިވެ، އެހެން ފިރިހެނަކާއި ގުޅުން ހިންގިކަން އެނގުމުންނެވެ.

އެފިރިހެން މީހާއަށް އޭނާގެ އަންހެނުންގެ ހަގީގަތް ފަޅާ އަރާފައިވަނީ އޭނާގެ އަންހެނުން ގައުމުން ބޭރުގައި މަސައްކަތް ކުރުމަށްފަހު އަނބުރާ ގައުމަށް އައިފަހުންނެވެ.

މިހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގައި ސްރީލަންކާގެ ރާޖައެލާ ސަރަހައްދުގައެވެ. އެ ފިރެހެންމީހާ ފުންމާލީ ޓްރިންކޮމާލީން ކޮލަމްބޯއަށް ދަތުރުކުރަމުންދިޔަ ރޭލެއްގެ ކުރިމައްޗަށެވެ.

މި ހާދިސާ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން