ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ޖީ20 ސަމިޓަށް ބްރެޒިލްއަށް ވަޑައިގަތަސް، އެމަނިކުފާނު ހައްޔަރުނުކުރައްވާނެ ކަމަށް ބްރެޒިލްގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑެ ސިލްވާ ވިދާޅުވެއްޖެއެވެ.

ޖީ20 ގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައި ރިއޯ ޑެ ޖެނެރިއޯގައެވެ. އަދި އެ ބައްދަލުވުމަށް ޕޫޓިންއަށް ދައުވަތު އަރުއްވާނެ ކަމަށް ލޫލާ ވަނީ އިއުލާން ކުރައްވާފައެވެ. އަދި ހަމައެއާއިއެކު ރަޝިޔާގައި އޮންނަ ބްރިކްސްގެ ބައްދަލުވުމަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލޫލާ މިފަަދައިން ވިދާޅުވެފައިވަނީ ޔޫކްރޭނުން އެތައް ސަތޭކަ ކުޑަކުދިންނެއް ގަވާއިދާ ހިލާފަށް ވަގަށް ނަގައިގެން ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމުގެ ތުހުމަތުކޮށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މިދިޔަ މާޗް މަހު ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވަނިކޮށެވެ. ރަޝިޔާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.



ޕޫޓިން ވަނީ ބައިނަލްއަގްވާމީ އެކި ބައްދަލުވުންތަކަށް ވަޑައިގަތުމުގެ ދައުވަތުތަކަށް އެތައް ފަަހަރަކު އިންކާރު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން