މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މި އެކްސިޑެންޓާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އިސްމާއިލް ހަސަން، 30، ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11 ޖަހާކަން ހާއިރު ފުވައްމުލަކު ނައިބުތުއްތު މަގުން އިސްމާޢީލް ދުއްވި ސައިކަލް ބަމްޕަރަކަށް އަރައި ކަހާލައިގެން ހިނގި އެކްސިޑެންޓަށް ފަހު އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ އާދިއްތަ ދުވަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ލ. ގަމުގައި ކަރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ވެސް ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން