ވަޓްސް އެޕްގައި ރިޔާގެ ޕްރޮފައިލް ފޮޓޯއަކަށް ލާފައިވާ' ސުޝާންތާއެކު އޭނާ ހުރި ފޮޓޯ
ވަޓްސް އެޕްގައި ރިޔާގެ ޕްރޮފައިލް ފޮޓޯއަކަށް ލާފައިވާ' ސުޝާންތާއެކު އޭނާ ހުރި ފޮޓޯ
ޓީވީ ސްކްރީނުން ބޮޑު މަޤުބޫލުކަމެއް ހޯދައި، ބޮލީވުޑަށް ނިކުތް އާދަޔާ ޚިލާފު މޮޅު ހުނަވެރި ތަރި ސުޝާންތް ސިންގ ރާޖްޕުތުގެ މަރަށްފަހު އޭނާގެ އެންމެ ފަހުގެ ލޯބިވެރިޔާ ރިޔާ ޗަކްރަބޯޓީ ވަނީ އޭނާގެ ވަޓްސް އޭޕްގައި ޕްރޮފައިލް ފޮޓޯއަކަށް ސުޝާންތާއެކު އޭނާ ހުރި ފޮޓޯއެއް ލާފައެވެ. އަދި އެފޮޓޯއާއެކު ސުޝާންތުގެ ހަނދާންތައް ދުވަހަކުވެސް ފިލައިގެން ނުދާނެކަމަށް އޭނާވަނީ ލިޔެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން އިއްޔެ، ސުޝާންތުގެ މަރަށް އެއްމަސްދުވަސް ފުރުނު ދުވަސްފާހަނގަކުރަމުން ރިއާ ލިޔެފައިވާޕޯސްޓުގައި ވަނީ 30 ދުވަސް ފާއިތުވީ ކަމަށާއި ނަމަވެސް އެހަދާންތައް މުޅިއުމުރުދުވަހުވެސް ފިލައިގެންނުދާނެ ކަމަށެވެ. ސުޝާންތްއަކީ އުދުހި އުދުހި ހުރި ތަރިއެއްކަމަށާއި އޭނާ ދުނިޔޭގައި މިވަގުތު ނެތް ނަމަވެސް އެ ހަނދާންތަކާއި ދުރަށް ނުދެވޭނެކަމަށް ރިޔާ ލިޔެފައިވެއެވެ.

ސުޝާންތުގެ މަރަށްފަހު މިހާތަނަށް ހަނުހުރި، ރިޔާ ބުނެފައިވާ ގޮތުގައި އެއީ އޭނާގެ މުޅި އުމުރު ދުވަހުގެ ލޯތްބެވެ. އެލޯބި އޭނާގެ މުޅި އުމުރަށް ދެމިގެންދާނެ އެވެ.

" އަހަރެންނަށް ލޯތަބަށް އިތުބާރުކޮށް އެއީ ކިހާވަރެއްގެ އެއްޗެއްކަން ދަސްކޮށްދިން މީހަކީ ތިއީއެވެ. އަހަރެންގެ ވިސްނުން ދުވަހަކުވެސް ބަދަލެއްނުވާނެ. ތިޔަ ހަންދާންތަކާއި ދުރަށްދެވި ހަނދާނުން ފިލައިނުދާނެ. އަހަންނަށް އިނގޭ ސުޝާންތް މިހާރުވީ މާރައްކާތެރި ތަނެއްގަކަން. އަހަރެން އިންތިޒާރު ކުރާނަން. މިހާރު އަހަރެން އެންމެ ބޭނުންވާ ކަމަކަށް އޮތީ ސުޝާންތް އަނބުރާ އަހަރެން ގާތައްގެނައުން." ސުޝާންތުގެ މަރުގެ ފަހަތުގައިވާ ކަމަށް އޭނާގެ ފޭނުންނަށް ތުހުމަތުކުރެވޭ ރިޔާ ލިޔެފައިވެއެވެ.

ދެމީހުންގެ ލޯތްބާއި ބެހޭގޮތުން ރިޔާގެ ލިޔުމުގައި އޭނާ ބުނެފައިވާ ގޮތުގައި ސުޝާންތްއަކީ ލޯބިވެރިއެއްގެ ގޮތުގައި ވަރަށް ރަނގަޅު ހެޔޮލަފާ މީހެކެވެ. އަދި ސުޝާންތު މިހާރު ދުނިޔޭގައި ނެތުމުން، ރިޔާ އޭނާދެކެ ލޯބިވާމިންވަރު މާބޮޑަށް އިހުސާސް ކުރެވޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން