އިސްލާމް ދީނާ އިދިކޮޅު ޙަރަކާތްތަކެއް ހިންގި ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ހދ. ނޮޅިވަރަމްފަރު މޫންލައިޓް ނަދީމް އަލީ ކިޔާ އުމުރުން 32 އަހަރުގެ މީހެކެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، ބަންދު މުއްދަތުގެ ގޮތުގައި 15 ދުވަސް ވަނީ ދީފައެވެ. އޭނާގެ މައްޗަށް އިސްލާމްދީނާއި އިދިކޮޅު ހަރަކާތްތައް ހިންގިކަމުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މުޖުމަތައުގެ ރައްކާތެރިކަމަށްޓަކައި އަލީ ނަދީމް ހައްޔަރު ކުރަން ކޯޓުން އަމުރު ކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން ކުރިކަމަށް އޭނާ އިންކާރު ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން