ސަރުކާރަށް ފާޑުކީ މީހަކު 6 މަހަށް ޖަލަށްލާން މިސްރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ކުރީގެ ނޫސް ޕަބްލިޝަރ އަދި ސިޔާސީ އެކްޓިވިސްޓް ހިޝާމް ކަސެމް ނަމަކަށް ކިޔާ މިސްރުގެ މިމީހާ ހައްޔަރުކޮށްފައިވަނީ އޮންލައިންކޮށް ދެކެވުނު ވާހަކަ ތަކަކާއި ގުޅިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން މިމައްސަލަ ގުޅެނީ މިސްރުގެ ކުރީގެ ވަޒީރަކާއި އިދިކޮޅު ފަރާތަކާއި އޮންލައިންކޮށް ހިނގި ބަހުގެ ހަމަލާތަކަކާއެވެ.

މިމައްސަލައިގައި، އިދިކޮޅު ކޯލިޝަން ޕާޓީ ތަކުގެ އޮފިޝަލެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ސިޔާސީ އެކްޓިވިސްޓު ހިޝާމްގެ މައްޗަށް ވަނީ ދޮގު ވާހަކަ ފެތުރުމާއި، އަަބުރާ ބެހުމާއި، ފުލުހުންނާއި ދިމާލަށް ބޭއަދަބީ ބަހުން ބަހުގެ ހަމަލާ ދިން ކަމަށް ތުހުމަަތުކޮށް ޖަލު ހުކުމެއް އިއްވާފައެވެ. މިހުކުމުގައި ވާގޮތުން ޖޫރިމާނާ ފީއެއްގެ ގޮތުން 20،000 މިސްރު ޕައުންޑް (ގާތްގަނޑަކަށް 647 ޑޮލަރު) ދެއްކުމަށްވެސް ހިޝާމްއަށް ވަނީ އަންގާފައެވެ.

މި މައްސަލައިގައި އިއްވި ކޯޓު ހުކުމާއެކު ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ އެކަން ކުށްވެރިކޮށް އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާކަމަށް ސިފަކޮށް, ހިޝާމް ދޫކޮށްލުމަށް ގޮވާލާފައެވެ.

މީގެއިތުރުން އެމްނެސްޓީ އިންޓަނޭޝަނަލް އިންވެސް ވަނީ ހިޝާމް ދޫކޮށްލުމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން