އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   16 ޖުލައި 2020 - 4:46
މިހަފްތާފައި އިންޑިޔާގެ މުމްބައިގެ ހައިވޭ އެންމެ ބާރުބޮޑު ގަޑީގައި އަންހެނަކު މުޅި ހައިވޭ ޖޭމް ކޮށްލައިފިއެވެ.

މި އަންހެން މިހާމިކަން ކުރީ އޭނަގެ ފިރިމީހާ ހިލޭއަންހެނަކު ގޮވައިގެން ދިޔަތަން ފެނިގެން ފިރިމީހާ ދުއްވިކާރުގެ ފަހަތުން ގޮސް އެކާރަށް ހުރަސް އަޅައި ހުއްޓުވައިގެނެވެ.ފިރިމީހާގެ ކާރުގައި އިން އަންހެންމީހާ އާއި ދެމެދު ސިއްރުގުޅުންތަކެއް ޝައްކު ކުރެވިގެން އޭނާ ދުވެފައި ގޮއްސް ކާރު ހުއްޓުވައި ކާރުމައްޗަށް އަރައި އެދެމީހުނާއި ދިމާލަށް ހަޅޭލަވަން ފެށިއެވެ. މިދިޔަ ހޮނިހިރު ދަވަހު ޕެޑާރރޯޑުގައި ހިނގި ހާދިސާގެ ވީޑިޔޯ މުޅި މީސް މީޑީޔާގައި ދަނީ ދައުރުވަމުންނެވެ.

ފެތުރެމުންދާ މި ވީޑިޔޯގައި މިއަންހެންމީހާ އެ ކާރުހުއްޓުވައި ކުރިމައްޗަށް އަރައި ހަޅޭއްލަވަމުން އަތާއި ފައި އުކަމުން ކާރުމައްޗަށް އަރައި ކާރުގައި ތަޅާމަންޒަރުވެސް ފެނެއެވެ، އަންހެންމީހާ ހަރުއަޑުން ގޮވަމުން ދިޔައީ ކާރުތެރޭ އިން އަންހެން މީހާ ކާރުން ފޭބުމަށެވެ.

މިދެމަފިރިން މަގުމަތީގައި ޒުވާބު ހޫނުވެ މުޅި މަގުމަގު ބަންދުވެގެން ދިޔަ މިހާދިސާގައި ޓްރެފިކް ފުލުހުން މަސައްކަތް ކުރަމުން ދިޔައީ އެ އަންހެން މީހާ ރުޅިމައިތިރިކޮށް މަންޒަރުބަލަން އެއްވަމުންދިޔަ މީހުން އެތަނުން ދުރަށް ލެވޭތޯއެވެ. އެވަރުން ވެސް ފިރިމީހާ ކާރުން ނުފައިބަ ހަމަ އެއިންގޮތަށް އިނީއެވެ.އޭނާ އެންމެ ފަހުން ކާރުން ފޭބީ މަގުމަތި ތޮއްޖެހި ބާރުބޮޑުވެ އެހެންގޮތެއްނެތިގެނެވެ،ހަމަ އެއާއި އެކު އަންހެން މީހާ ފިރިހެން މީހާގެ ގައިގަ ޖާހަތަން ވެސް ވީޑިއޯއިން ފެނެއެވެ

މަންޒަރު ބަލަން ތިބި ގިނަ ބަޔަކަށް މިކަން މަޖާ ކަމަކަށް ވިއަސް އެއްބަޔަކު އެ އަންހެން މީހާގެ ހިތުގައި ޖެހި އަސަރުކޮށްފައި ހުރިވަރުން އޭނާ އަށް ވަރަށް ހަމްދަރުދީވިޔެވެ.އަންހެން މީހާގެ މިއަމަލުގެ ސަބަބުން ޓްރެފިކް ފުލުހުން ވަނީ އޭނާ ޖޫރިމައިނާ ކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު


-5

ހަސަނިކާ

16-Jul-2020

ތީ ދޮގެއް. ވީޑިއޯ ލިންކު ކޮބާ? ތިވަރަށް ވައިރަލްވި އިރު.



ޓްރެންޑިން