ރޫސީ ވިލާތުގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަންނަ މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި ބައްދަލުކުރުމަށް އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިއީ ޔޫކްރެއިންގެ ކުޑަކުދިން ވަގަށް ނެގުން ފަދަ ތުހުމަތުތަކުގައި ޕޫޓިންގެ މައްޗަށް އިންޓަނޭޝަނަލް ކްރިިމިނަލް ކޯޓުން އެރެސްޓް ވޮރެންޓްއެއް ނެރުނު ފަހުން އޭނާ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރޫސީ ވިލާތުން ވަނީ އެއީ ހުޅަނގުން ކުރިމަތިކުރުވާ ދޮގު ތުހުމަތެއް ކަމުގައި ބުނެފައެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން ޕޫޓިންގެ ގާތް އެކުވެރިއެއް އަދި ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ނިކޮލައި ޕެޓްރޫޝެވް ވިދާޅުވީ ހުޅަނގުން އެ ދެ ގައުމު ހިފެހެއްޓުމަށް ކުރާ މަސައްކަތް ނާކާމިޔާބު ކުރެއްވުމަށް ރަޝިޔާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ޗައިނާގެ ޑިޕްލޮމެޓް ވާންގް ޔީއާއެކު ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕެޓްރޫޝެވް ވިދާޅުވީ ޕޫޓިން ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ރައީސްއާއި އެއްކޮށް އެ މައްސަލާގައި ދެ ގައުމުން އަމަލުކުރައްވަންވީ ގޮތާއި ދޭތެރޭ ވަރަށް ހައްސާސްކޮށް ވާހަކަދައްކަވާނެ ކަމަށެވެ.
މާޗް މަހު މޮސްކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޝީ އެރުއްވި ދައުވަތަކަށް ޕޫޓިން ތިން ވަނަ ބެލްޓް އެންޑް ރޯޑް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށްފަހު ޗައިނާއާއި ރަޝިޔާގެ ވިޔަފާރީގެ އެއްބަސްވުންތައް އިތުރުވެގެންދިޔައެވެ. އަދި ޗައިނާ ވެގެންދިޔައީ ރަޝިޔާގެ އެންމެ ބޮޑު މަދަދުގާރަށެވެ. އެހެން ނަމަވެސް، ޗައިނާއާއި އެކު އަސްކަރީ އެލަޔަންސްއެއް ނުބާއްވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު