ކުޑަގިރި ވޯޓަރ ސްލައިޑުން ވެއްޓުނު ޒުވާަނަކު ނިޔާވެއްޖެއެވެ.

ކުޑަގިރި ވޯޓަރ ސްލައިޑުން ވެއްޓި ނިޔާވީ، ހ. ޕޯޓްސައިޑް، އުމަރު އަބްދުލްހަންނާނެވެ. އޭނާގެ އުމުރަކީ 34އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ވޯޓާ ސްލައިޑަށް އެރީ ބޯކޮޅު ވަތަށެވެ. އަދި މޫދުގައި ގޮސް ޖެހުނީ ވަރަށް ތިލަ ހިސާބެއްގައި ކަމަށާއި ޖެހުނު ގޮތަށް އޭނާގެ ކަނދުރާ ބިންދައިގެން ދިޔައީ ކަމަށްވެއެވެ.

ކުޑަގިރީގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އުމަރު ނިޔާވީ އޭޑީކޭގައި ފަރުވާދެމުން ގެންދަނިކޮށެވެ.

އުމަރުގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން