ފެޝަން ޝޯވއެއްގައި ސައުދީ އަރަބިއްޔާގެ ދިދަ މިނީ ސްކާޓެއްގެ ގޮތުގައި ބޭނުންކުރުމުން ލަންޑަންގެ ފެޝަން ޑިޒައިނަރެއް ހޫނު ފެނަށް ވެއްޓިއްޖެއެވެ.
ނައިޖަރަށް ނިސްބަތްވާ މޮވަލޯލާ އޮގުންލެސީ ނަމަކަށް ކިޔާ މި ފެޝަން ޑިޒައިނަރ ހުކުރު ދުވަހު ބޭއްވި ފެޝަން ޝޯވގައި ބޭނުންކުރި "ސްޕްރިންގެ 2024 ކަލެކްޝަން" ޚާއްސަކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ދިދަތައް ބޭނުންކޮށްގެން ހަދާފައިވާ ކުރު މިނީސްކާޓްތަކަކަށެވެ. މި ކޮންސެޕްޓްގެ ދަށުން އޭނާ ހުރިހާ މޮޑެލުންގެ ހެދުން ފަރުމާ ކުރުމުގައި ބޭނުން ކޮށްފައިވަނީ ޓީޝާޓާއި މިިނީ ސްކާޓެވެ.
ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ސައުދީ އަރަބިއްޔާގެ ދިދައަކީ އޭގެ ޒާތުގައި ވެސް ވަރުގަދަ ދީނީ ޝިޢާރެއް ރަމްޒުކޮށްދޭ އެއްޗެކެވެ. އެއީ މުސްލިމުންގެ އެންމެ މަތިވެރި ޝިއާރު ކަމުގައިވާ ޝަހާދަތުގެ ދެކަލިމައެވެ.
އެހެންކަމުން، މޮވަލޯލާގެ ކަލެކްޝަންްގައި ސައުދީ އަރަބިއްޔާގެ ދިދަ ބޭނުންކޮށްފައިވުމުން ވަރަށް ގިނަ މުސްލިމުން އަދި އަރަބި ގައުމުތަކުން ވަނީ އެ މިނީ ސްކާޓްގެ ސޭލްސް ހުއްޓުވުމަށް ގޮވާލާފައެވެ. އަދި ސައުދީގެ ދިދަ މިނީ ސްކާޓެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ އޭނާގެ ކުންފުނި ފާރ ފެޗްއިން އުފައްދާ ތަކެތީގެ ސޭލްސް މެދުއިރުމަތީގެ ގައުމުތަކުގައި ބޭނުންކުރުން މަނާ ކުރާނެ ކަމަށް ބުނެފައެވެ.
މުސްލިމުންގެ ފާޑުކިޔުން އަމާޒުވުމުން މޮވަލޯލާ ވަނީ އެމީހުންގެ ފާޑުކިޔުންތަކަށް އެކްސްގައި މަލާމާތްކޮށްފައެވެ. އެކަމަކު ފަހުން އޭނާ ވަނީ ފެޝަން ޝޯވގައި ސައުދީ ދިދަ ބޭނުންކުރެވުނީތީ އެކަމަށްޓަކައި މައާފަށް އެދިފައެވެ.
2022 ވަނަ އަހަރު ސައުދީގެ ކޮމާސް މިނިސްޓްރީން ވަނީ ވިޔަފާރީގެ ބޭނުމެއްގައި ސައުދީ ދިދަ ބޭނުންކުރުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު