އިންޑިއާއިން ކެނެޑާ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފިއެވެ.
ކެނެޑާގެ ބިމުގައި ސިކުންގެ ޖަމާއަތް ތަމްސީލުކުރާ މީހަކު މަރާލުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން އިންޑިއާއިން ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލިކަން މިއަދު ވަނީ އިޢުލާން ކޮށްފައެވެ. އަދި ކެނެޑާ ނޫން އެހެން ތަންތަނުގައި ދިރިއުޅޭ ކެނެޑާގެ ރައްޔިތުންނަށްވެސް ވިސާ ދޫނުކުރަން އެގައުމުން ވަނީ ނިންމާފައެވެ.
އިންޑިއާއިން ބުނީ ވަގުތީ ގޮތުން މި ފިޔަވަޅު އެޅީ ކެނެޑާގައި ހުންނަ އެގައުމުގެ މިޝަންތަކުގެ މަސައްކަތްތަކަށް ބުރޫއަރާ "ސަލާމަތީ ނުރައްކާތަކުގެ" ސަބަބުން ކަމަށެވެ.
"ކެނެޑާގައި ހުންނަ އަޅުގަނޑުމެންގެ ހައި ކޮމިޝަން [އެމްބަސީ] އާއި ކޮންސިއުލޭޓްތަކަށް އިންޒާރުތަކެއް ދީފައިވޭ،" އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ފޮރިން އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
ބައެއް ޑިޕްލޮމެޓުންނަށް ސޯޝަލް މީޑިއާގައި އިންޒާރުތައް ލިބިފައިވާ ކަމަށް ކެނެޑާއިންވެސް ބުނެފައި ވެއެވެ. އެކަމާއި ގުޅިގެން، އިންޑިއާއިން މި ނިންމުން ނިންމުމުގެ ގަޑިއެއްހާއިރު ކުރިން ކެނެޑާއިން ވަނީ އިންޑިއާގައި ތިބި ޑިޕްލޮމެޓިކް މުވައްޒަފުން މަދުކުރާނެކަން އިއުލާންކޮށްފައެވެ.
އެހެންނަމަވެސް، ކެނެޑާގެ ވިސާގެ ހިދުމަތް އިންޑިއާ ރައްޔިތުންނަށް އަދި ވަނީ ހުޅުވާލާފައެވެ.
ކެނެޑާގައި އިންޑިއާ ދަރިކޮޅުގެ 1.4 މިލިއަން މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ސިކުންގެ ނަސްލުގެ މީހުންނެވެ. އޭގެ އިތުރަށްވެސް، އެ ގައުމުގައި އިންޑިއާގެ ވަރަށް ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން ދެއެވެ. ކެނެޑާގެ ވަރަށް ގިނަ ފަތުރުވެރިންވެސް އިންޑިއާއަށް ދަތުރުކުރެއެވެ.
މިދިޔަ ޖޫންމަހު ކެނެޑާގައި މަރާލި އިންޑިއާގެ ސިކުން ތަމްސީލްކުރާ އިދިކޮޅު ސިޔާސީ ލީޑަރެއްކަމަށްވާ، ހަރްދީޕް ސިންގްގެ މަރުގެ ފަހަތުގައި ވަނީ އިންޑިޔާގެ ސަރުކާރުގެ ޖާސޫސީ އެޖެންޓުންކަމަށް ބުނެ ކެނެޑާ ސަރުކާރުން ކުރާ ތުހުމަތުތަކަށް ރައްދު ދެމުން އިންޑިއާ ސަރުކާރުން ބުނަނީ ކެނެޑާއިން އިންޑިއާގެ ޓެރަރިސްޓުންނަށް ހިޔާވެހިކަން ދޭ ކަމަށެވެ.
1980 ވަނަ އަހަރުގައި އިންޑިއާގައި އުފެދުނު "ޚަލިސްތާން" ހަރަކާތުގެ މީހުން ބޭނުންވީ ޕަންޖާބްގެ ސިކުންގެ ދީނުގެ ދަރިކޮޅު މީހުންނަށް ވަކި ދައުލަތެއް އުފައްދާށެވެ. އިންޑިއާ ސަރުކާރުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ. އެހެން ނަމަވެސް، އެ ހަރަކާތުގެ ފިކުރު ގެންގުޅޭ ބައެއް މީހުން އިންޑިއާ ދޫކޮށް ކެނެޑާއާއި އެެމެރިކާގައި ވަޒަންވެރިވެގެން އުޅޭ ކަމަށް އިންޑިއާ ސަރުކާރުން ގަބޫލުކުރެއެވެ.
މިދިޔަ ޖޫންމަހު ކެނެޑާގައި މަރާލި އިންޑިއާގެ ސިކުން ތަމްސީލްކުރާ އިދިކޮޅު ސިޔާސީ ލީޑަރެއްކަމަށްވާ، ހަރްދީޕް ސިންގްގެ މަރުގެ ފަހަތުގައި ވަނީ އިންޑިޔާގެ ސަރުކާރުގެ ޖާސޫސީ އެޖެންޓުންކަމަށް ކެނެޑާ ސަރުކާރުން ތުުހުމަތުކުރުމާއި ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، މަސްރަހު އިތުރަށް ހޫނުވާން ފެށިއެވެ.
ކެނެޑާގައި މަރާލި އިންޑިއާގެ ސިކުންގެ ލީޑަރެއްކަމަށްވާ، ހަރްދީޕް ސިންގއަކީ ކެނެޑާގެ ރަށްވެހިކަން އޮންނަ މީހެކެވެ.
މިދިޔަ ހޯމަ ދުވަހު ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ހަރްދީޕް ސިންގ މަރާލުމުގެ ފަހަތުގައި ތިބީ އިންޑިޔާގެ އެޖެންޓުންކަން ހާމަވާ ހެކި ހޯދާފައިވާކަމަށެވެ.
ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވީ އެހެން ގައުމެއްގެ ސަރުކާރުން ފޮނުވި ބަޔަކު ކެނެޑާގައި، ކެނެޑާ ރައްޔިތަކު މަރާލުމަކީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުންކަމަށެވެ. އަދި ހަރްދީޕްގެ މަރުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ކެނެޑާގެ ސަރުކާރު ފަހަތަށް ނުޖެހޭނެކަމަށްވެސް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު