ރިޝްވަތަކީ ކަށްވަޅު އަނދިރިކުރާ އެއްޗެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގައި ހުރި ނުބައި ކަމުގެ މައްޗަށް އަލިއަޅުވާލާ މިއަދު އިއްވި ހުކުރު ޚުތުބާގައި ރިޝްވަތު ދޭ މީހުންނާއި އެ އުފުލާ މީހުންނާއި ބަލައިގަންނަ މީހުން ކަށްވަޅުގައި އޮންނަން ޖެހޭ ވަގުތު ހަނދުމަކޮށް ބިރުވެތިވުމަށް ވަނީ ގޮވާލާފައެވެ.

"ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް، ﷲ ލައުނަތް ލެއްވިއެވެ." ޚުތުބާފައި ބުނެފައި ވެއެވެ.

މިއަދުގެ

ހުކުރު ހުތުބާގައި ވަނީ ރިޝްވަތަކީ ބައެއް މުޖުތަމައުތަކުގައި އެއާއި ނުލާ ނޫޅެވޭނެ އެއްޗެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ރާއްޖެވެސް މި ނުބައި ވަބާގައި ޖެހިފައިވާ ކަމަށް ހުތުބާގައި ވެއެވެ.

ރިޝްވަތަކީ ގައުމުގެ ކުރިއެރުމުގެ ދުވެލި މަޑުޖައްސައިދޭ އެއްޗެއް ކަމަށާއި ރިޝްވަތާއި ޚިޔާނާތުގެ އަމަލުތަކަކީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި މިއަދުގެ މުޖުތަމައު ދެކެން ފަށާފައިވާ ކަމަށް ހުކުރު ޚުތުބާގައި ފާހަގަކުރިއެވެ. އަދި އެންމެ ޙަލާލު އެއްޗަކީ އެމީހަކު އަމިއްލައަށް މަސައްކަތްކޮށްގެން ހޯދާ އެއްޗެހި ކަމުގައިވެސް ފާހަގަކިށްފައި ވެއެވެ.

"މާތް ﷲ ރިޝްވަތު ހަރާމް ކުރައްވާފައިވަނީ ރިޝްވަތަކީ މުޖުތަމައުގައި ފަސާދަ އުފެދުމަށް މެދުވެރިވާ ވަސީލަތަކަށް ވާތީއެވެ. އަދި އެއީ ޙައްޤާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންކުރެވޭ ހަތިޔާރަކަށް ވާތީއެވެ." ޚުތުބާގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން