ޓައިވާންގެ ގޮލްޕް ކުޅޭ ސާމާނު އުފައްދާ ކާރުހާނާއެއްގައި އަލިފާން ރޯވެ، 10 ފަޔަރ ފައިޓަރުންނަށް ވީނުވީއެއް ނޭނގި ގެއްލުމުގެ އިތުރަށް އެކަކު މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދެކުނު ޓައިވާންގެ ފެކްޓްރީއެއްގައި އެއްޗެއް ގޮވުމުގެ ސަަބަބުން ހިނގި މި ހާދިސާގައި 81 މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ޓައިވާން ސަރުކާރުން މައުލޫމާތު ދީފައި ވެއެވެ. އެހެން ނަމަވެސް، މި ހާދިސާގައި ބޮޑުވަރުވީ މީހުންގެ އަދަދުތައް އަދި ޔަގީން ނޫން ކަމަށް ޓައިވާން ސަރުކާރުން ބުންޏެވެ.

އަލިފާން ނިއްވަން މަސައްކަތްކުރުމުގެ ތެރެެއިން މަރުވި ފަޔަރ ފައިޓާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ފަޔާ ޑިޕާޓްމަންޓާއި ހަވާލާދީ ޗައިނާގެ ނޫހަކުން ރިޕޯޓްކޮށްފައި ވެއެވެ. އަދި އެމީހާގެ ހަށިގަނޑު ފިިހިފައި ހުރި ވަރުން އޭނާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

'

މި ހާދިސާގައި ރޯވި އަލިފާން ނިވުމުގެ މަސައްކަތް ކުރުމަށް 34 ފަޔަރ ޓްރަކްގެ އެހީގައި ޓައިވާންގެ ފަޔަރ ޑިޕާޓްމަންޓުން ވަނީ ހަރަކާތްތެރިވެފައެވެ. އެ އިމާރާތުގެ ބައެއް ގޮވުމުގެ ސަބަބުން ބިމާއި ހަމަވެ، އޭގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕިންގްޓަންގް ކައުންޓީގެ ލޯކަލް ގަވަރމަންޓުން ވަނީ އެ ސަރަހައްދު ކުއްލި ހާލަތުގެ ދަށަށް ގެނެސް، ގިނަ އަދަދެއްގެ ބަލިމީހުންނަށް އިމަޖެންސީކޮށް ފަރުވާ ދިނުމުގެ ގޮތުން ހޮސްޕިޓަލްތައް ތައްޔާރީ ޙާލަތުގައި ތިބުމަށް އަންގާފައެވެ. އަދި ޢާންމުންގެ ގެތަކުގެ ދޮރުތައް ބަންދުކޮށް ބޭރަށް ނިކުންނައިރު މާސްކު ބޭނުންކުރުމަށްވެސް އިލްތިމާސް ކޮށްފަވެއެވެ.



މި ގޮވުން ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އެކަން ތަހުގީގު ކުރަމުން ދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން