މާތް ﷲގެ އިސްމުފުޅު، ނުވަތަ ބިސްމި ކިޔުމަށްފަހު އޫރުމަސް ކެއި އިންޑޮނޭޝިއާގެ ޓިކްޓޮކް ތަރި ލީނާ ލުތްފިއަވަތީ ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ލީނާ ވަނީ އޫރުމަސް ކެއުމުގެ ކުރިން ބިސްމި ކިޔުމުގެ އިތުރަށް ދުޢާވެސް ކިޔާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާއަކީ މުސްލިމެއް ކަމަށްވެސް ބުނެފައި ވެއެވެ. މާޗް މަހުގައި ޕޯސްޓުކުރި އޭނާގެ މި ވީޑިއޯ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ކޯޓުން ވަނީ އުމުރުން 33 އަހަރުގެ ލީނާގެ މައްޗަށް 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އޭގެ އިތުރަށްވެސް، 250 މިލިއަން އިންޑޮނޭޝިއާ ރުޕީއާ (16،249 ޑޮލަރު) އިން ޖޫރިމަނާކޮށްފައި ވެސް ވެއެވެ.

"އަހަރެންނަށް ކުރެވުނީ ގޯސްކަމެއްކަން އެނގޭ، އެކަމަކު މި އަދަބު ލިބޭނެ ކަމަށް އުންމީދެއް ނުކުރަން،" މެޓްރޯޓީވީއަށް ލީނާ ބުނެފައި ވެއެވެ.

އިންޑޮނޭޝިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު މުސްލިމުންގެ އާބާދީއެއް އޮންނަ އެއް ގައުމެވެ. އެހެންކަމުން، އެ ގައުމުގައި އިސްލާމްދީނަށް ހަޖޫޖެހުން ފަދަ ދީނާ ޚިލާފު އަމަލުތަކަށް ޝަރީއަތުން ބޮޑެތި އަދަބު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން