މިސްރުގެ ރިޔާސީ އިންތިޚާބު އަންނަ އަހަރުގެ ޑިސެމްބަރ މަހުގައި ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިސްރުން އިއުލާން ކުރި ގޮތުގައި މި އިންތިޚާބު 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވެއެވެ. ނޭޝަނަލް އިލެކްޝަންސް އޮތޯރިޓީގެ ޗެއާމަން ވަލީދު ހަމްޒާ ވިދާޅުވީ ޑިސެމްބަރު މަހުގެ 10-12 އަށް ވޯޓު ނަގާނެ ކަމަށާއި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ ދެވަނަ ބުރު އޮންނާނީ ޖެނުއަރީ 8-10 އަށް ކަމަށެވެ.
މިވަގުތު މިސްރުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަބްދުލް ފައްތާހް އަލް ސީސީއަށް ކުރިއަށް އޮތް އިންތިޚާބުވެސް ކާމިޔާބު ކުރެވޭނެ ކަމަށް އެ ގައުމުގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ސީސީ މި މަގާމު ފުރުއްވަމުން ގެންދަވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އޭނާގެ ވެރިކަމުގައި މިސްރުގެ އިންސާނީ ޙައްގުތައް ނިގުޅައިގަނެވިފައިވާ ކަމަށް ބުނެ ހުޅަނގުގެ ފާޑުކިޔުންތައް ސީސީއަށް އަމާޒުވަމުން ދެއެވެ.
ސީސީއަކީ މީގެ ކުރީގައި މިސްރުގެ ޑިފެންސް މިނިސްޓަރެވެ. އެހެން ނަމަވެސް، 2013 ވަނަ އަހަރުގައި އޭނާ އިސްވެ ހުންނަވައިގެން ގެނައި އިންގިލާބަކުން އޭރުގެ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވެއްޓުނެވެ. މުރްސީއަށް ވެރިކަން ކުރެވުނީ އެއް އަހަރުގެ މުއްދަތަކަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ވަރަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ސީސީގެ ނިންމެވުމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ސީސީ ވަނީ 2018 ވަނަ އަހަރުގައި އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރި އިދިކޮޅުގެ ބޭފުޅުންނަށް އެކިގޮތްގޮތުން ރޭވުންތައް ރާވައިގެން އިންތިޚާބުގައި ވާދަކުރުމަށް ހުރަސް އަޅުއްވާފައެވެ. އެންމެ ފަހުން ގިނިކަންޏާ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ލަދުން ސަލާމަތްވެވަޑައިގަތުމަށް އިންތިޚާބު ބޯމަތިވުމުން އޭނާ ވަނީ އޭނާއާއި ދެކޮޅަށް މަސައްކަތް ނުކުރައްވާ ބޭފުޅެއް ރިޔާސީ ރޭހަށް ނެރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު