އުތުރު ކޮރެއާއަށް ފިލައިގެން ދިޔަ އެމެރިކާ ސިފައިންގެމީހާ ޓްރެވިސް ކިންގް އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
މި އަހަރުގެ ޖުލައިގައި ދެކުނު ކޮރެއާގެ ބޯޑަރ ސަރަހައްދު ބަލަހައްޓަން ޑިއުޓީގައި ހުއްޓާ ޓްރެވިސް އުތުރު ކޮރެއާއަށް އެތެރެވެފައިވަނީ ގަވާއިދާ ޚިލާފަށެވެ. މިހާރު އުތުރު ކޮރެއާއިން ވަނީ ޗައިނާގައި ހުރި އެމެރިކާގެ އެމްބަސީއާއި އޭނާ ހަވާލުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އެމްބަސީން މިހާރު ވަނީ އެ ގައުމުގެ އަސްކަރީ ބޭސްއަކަށް ޓްރެވިސް ފޮނުވާލާފައެވެ.
އުތުރު ކޮރެއާއިން ބުނީ ޓްރެވިސް ފިލީ އެމެރިކާގެ އަސްކަރިއްޔާއިން ނަސްލަށް ބަލައި އޭނާއާއި ދޭތެރޭ ކަންތައް ކުރާ ގޮތް ގޯސް ކަމުން ކަމަށެވެ. އެހެން ނަމަވެސް، މިއީ ޓްރެވިސް އެ ގައުމަށް އެތެރެވީ އަސްލު ސަބަބު ކަމެއް ކަށަވަރުވެފައި ނުވެއެވެ.
ޓްރެވިސް އުތުރު ކޮރެއާއަށް ދިޔައީ މާރާމާރީ ހިންގުމުގެ ކުށުގައި ދެ މަސް ދުވަސް ވަންދެން ދެކުނު ކޮރެއާގެ ޖަލެއްގައި ހޭދަކުރުމަށް ފަހު ޖުލައި މަހު ދެކުނު ކޮރެއާ އިން އެމެރިކާއަށް ފުރަން އުޅެނިކޮށެވެ. އެމެރިކާގައި އިތުރު އަދަބެއް ދޭން އިންޗިއޮން އެއާޕޯޓަށް އަސްކަރީ ބެލުމުގެ ދަށުން ގެންދިޔަ ނަމަވެސް ޓްރެވިސް ވަނީ މަތިންދާބޯޓަށް ނާރާ އެއާޕޯޓުން ނުކުމެފައެވެ. އަދި ދެ ކޮރެއާގެ މެދުގައި އޮންނަ ޑިމިލިޓަރައިޒްޑް ޒޯނަށް ދިޔަ ޓުއާ ގްރޫޕެއްގައި ފިލައިގެން ހުރެ، 18 ޖުލައިގައި ބޯޑަރު ހުރަސްކޮށް ފައިމަގުގައި އުތުރުކޮރެއާއަށް އެތެރެވިއެވެ. ރިޕޯޓްތައް ބުނާގޮތުންނަމަ، އޭނާ އުތުރުކޮރެއާއާއި ދިމާލަށް ދުވީ ބާރަށް ހީގަނެފައި ހުރެއެވެ.
ދެ ކޮރެއާގެ ބޯޑަރ ހުރަސްކުރުމަކީ ވަރަށް ނުރައްކާތެރި ކުށެކެވެ. އެކަން ކުރާ މީހަކުގެ ގަޔަށް ބަޑި ޖަހައި މަރާލުމުގެ ހުއްދަ ދެ ގައުމުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންނަށް ލިބިގެންވެއެވެ. އެހެންކަމުން، ފުރާނައަށް ނުބަލައި ޓްރެވިސް އުތުރު ކޮރެއާއަށް އެތެރެވީ ސަބަބެއް އެމެރިކާއިން އަދި ހާމަކޮށްފައި ނުވެއެވެ.
"އަޅުގަނޑުމެންނަށް ކަށަވަރު ކުރެވޭ ގޮތުގައި ޕްރައިވެޓް ކިންގް ގެއަށް ދާން ނިންމީ އަމިއްލަ ރުހުމުގައި އަދި އުފަލުން. އެކަން ފުދޭވަރަކަށް ސާފުވެފައި އޮތީ އަޅުގަނޑުމެން އޭނާއާ އަލުން ވާހަކަދައްކަން ފަށާފައިވާތީ، އާއިލާއާއި އަލުން ގުޅެން އޭނާ ހުރީ ކެތްމަދުވެފައި." އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އެމެރިކާއަށް އެނބުރި އައުމުން ޓްރެވިސްއާއި ދޭތެރޭ ގާނޫނީ ފިޔަވަޅެއް އަޅަން ޖެހުމާއި ގުޅޭ ގޮތުން ކުރިމަތިވީ ސުވާލުތަކަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އެކަމުގައި ވަކި ގޮތެއް ނިންމޭނީ މެޑިކަލް އަދި ސައިކޮލޮޖިކަލް އެސެސްމަންޓަކަށް ފަހުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު