ޕާކިސްތާނުގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއެއްގައި 13 މީހަކު މަރުވެ، 50އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގައި ރަސޫލާ (ސ.އ.ވ) ގެ އީދު މީލާދު ފާހަގަކުރުމަށް ބޭއްވި ދީނީ ދަރުސެއް ދެމުންގެންދިޔަ މިސްކިތެއް ހުރި ސަރަހައްދެއްގައެވެ.

ޕާކިސްތާނުގެ ދާހިލީ ވަޒީރު ވިދާޅުވީ މިއީ ނިރުބަވެރިން ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި އޭނާ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ޕާކިސްތާނުގެ ޚަބަރު ފަތުރާ ވަސީލަތްތަަކުން ބުނާގޮތުގައި މި ހާދިސާ ހިންގާފައިވަނީ ކޮން ބަޔެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. ތެހްރީކޭ ތާލިބާން ޖަމާއަތުންވެސް ވަނީ މިއީ އެ ޖަމާއަތުން ހިންގި އަމަލެއް ނޫން ކަމަށް ބުނެފައެވެ.

ބަލޮޗިސްތާން ޕްރޮވިންސަށް އައްޔަންކޮށްފައިވާ އިސް އޮފިޝަލަކު ވިދާޅުވީ މި ހާދިސާގައި މަރުވި މީހުންގެ އަދަދުތައް އިތުރުވުން އެކަށީގެންވާ ކަމަށެވެ.

މި މަހުގެ ތެރޭގައި މީގެކުރިންވެސް ވަނީ މި ސަރަހައްދަށް އަމާޒުކޮށް ނިރުބަވެރި ހަމަަލާއެއް ދީފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން