ޕީއެސްއެމް ނިއުސް
ޕީއެސްއެމް ނިއުސް
ދޮގު ޚަބަރުތައް ފަތުރައި މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދާ ވަސީލަތަކަށް މީޑިއާ ވެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ދޮގު ޚަބަރު ފެތުރުމުގެ މައްޗަށް އަލިއަޅުވާލާ މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ މީހުންގެ އަބުރު ނަގާލުމާއި، ހަގީގަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް ގޮވާލާފައެވެ.

"އަމަން އަމާންކަމުގެ ނިއުމަތް،" މި މައުޟޫއަށް އިއްވި މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ތަނުގައި ހަމަޖެހުމާއި އަމާންކަން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއިއެކީ އަދާކޮށްގެން ކަމަށެވެ.

"މީޑިއާ ވާންޖެހޭނީ ތެދުވެރި، ބިނާކުރުވަނިވި ބާރަކަށް،" ޚުތުބާފައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ ޚަބަރު ފަތުރާ ހުރިހާ ވަސީލަތްތައް އަމާނާތްތެރި ވެގެން ނޫނީ އަމަން އަމާންކަން ގާއިމުނުކުރެވޭނެ ކަމުގައި ބުނެފައެވެ. އަދި މީޑިއާތަކަކީ ﷲއަށް ބިރުވެތިވާ، ޙަޤީޤަތް ބަޔާންކޮށްދޭ ފަރާތަކަށް ވާންޖެހޭނެ ކަމުގައި ބުނެފައި ވެއެވެ.

މީޑިއާތަކަކީ ދޮގު ޚަބަރު ފަތުރައިގެން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވައްދާ ވަސީލަތަކަށް ވެގެން ނުވާނެ ކަމަށް ހުކުރު ޚުތުބާގައި ވެއެވެ. އަދި ޚަބަރުތައް ފެތުރުމުގައި ޢާންމު ރައްޔިތުންވެސް ސަމާލުވާން ޖެހޭނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.



"ތެދު ދޮގު ނުބަލައި މީހަކު ފަތުރާ ކޮންމެ ވާހަކައެއް ނުވަތަ ޚަބަރެއް އިތުރަށް ފަތުރާ ބަޔަކަށް އަހަރެމެން ވެގެން ނުވާނެ. ރަނގަޅު ރައުޔެއް ދެވޭނީ އެކަމުގެ ތަޖުރިބާކާރުންނަށް." ޚުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން