ތައިލޭންޑްގެ ވެރިރަށް ބެންގްކޮކްގެ ލަގްޒަރީ މޯލެއް ކަމަށްވާ، ސިއާމް ޕެރަގަން މޯލް ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި 3 މީހަކު މަރުވެއްޖެއެވެ.
ބަޑިޖަހަން ފެށުމުން އެތައް ސަތޭކަ ބަޔަކު ހާސްވެ ކޮޅުކޮޅުމައްޗަށް ދުވެ ސަލާމަތްވާން މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާއި ގުޅިގެން ބެންގްކޮކްގެ ޓްރެއިން ސްޓޭޝަން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ފުލުހުން ވަނީ މޯލް ސަރަަހައްދަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ.
މިއަދު ހިނގި މި ހާދިސާގައި ތިންމީހުން މަރުވުމުގެ އިތުރުން 5 މީހެއްގެ ގަޔަށް ވަޒަން އަރައި އަނިޔާވިކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި މޯލްގެ ސެކިއުރިޓީ ގާޑެއްވެސް ހިމެނެއެވެ. ފުލުހުން ވަނީ ހާދިސާ ހިނގި ސަރަހައްދުން 14 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައެވެ.
ތައިލޭންޑްގެ ބޮޑުވަޒީރު ސްރެއްތާ ތަވިސިން ދަނީ ފުލުހުންނާއި ގާތުން މި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް ބައްލަވަމުންނެވެ.
ބެންގްކޮކްގައި ހުންނަ ރާއްޖޭގެ އެމްބަސީން ދަނީ މިހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވިތޯ ބަަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު