ބައެއް މީހުންގެ ގައިގައި މަދިރި ނުހަފާ ހަމައެކަނި ތިމަންނަ ގައިން ލޭބޯން އުޅެނީ ކީއްވެތޯ އާއި ތިމަންނަގެ ލޭ އެ ސޫޕަށް މާކަމުދަނީހޭ އެތައް ފަހަރެއްގެ މަތިން ހިތުގައި އުފެދޭނެ ސުވާލެކެވެ. ސައިންސުވެރިންގެ އެކި ދިރާސާތަކުންވެސް މިކަމަށް ހެކިދެއެވެ. ހަމަ ބައެއް މީހުންގެ ލޭ އެސޮރުމެންނަށް މާބޮޑަށްވެސް ކަމުދަނީއެވެ.
ނިއު ޔޯކް ޕޯސްޓުގައިވާ މިކަމާއިބެހޭ އާޓިކަލްއެއްގައިވާ ގޮތުގައި މަދިރިއަކީ ވަކި ބައެއްގެ ލޭތަކަށް އިސްކަންދޭ އެއްޗެކެވެ. މީގެ އިތުރުންވެސް އެސޮރުމެން ވަކިބަޔަކަށް މާބޮޑަށް ގަޔާކުރުވާ ސަބަބުތަކެއް ވާކަމަށް މީސްމީޑިއާގައި މައުލޫމާތު ދެއްވި ހަމުގެ ޑޮކްޓަރު ލިންޑްސޭ ޒުބްރިޓްސްކީ ކިޔައިދެއްވައެވެ. އެގޮތުން ތިރީގައިމިވަނީ ޑޮކްޓަރ ލިންޑްސޭ ޒުބްރިޓްސް ކިޔައިދެއްވާފައިވާ އިތުރު ސަބަބުތަކުގެ ޚުލާސާއެކެވެ.
1. ދާހިއްލާފައިހުރުން:
ޒުބްރިޓްސްކީ ވިދާޅުވާ ގޮތުގައި އަންހެން މަދިރިތައް ބޯނީ މަންމަލި ޖަނާވަރުތަކުގެ ލޭއެވެ. އެ މީހުންގެ ޝިކާރަ ދެނެގަނެވޭނެ އެންމެ ރަނގަޅު ގޮތަކީ މަންމަލި ޖަނަވާރުތަކުގައި ހަންގަނޑުގެ ހުންނަ އިސްތަށިތަކުން ދާބޭރުވެފައި ހުރުމެވެ. މަދިރީގެ ޝައުގުވެރިކަން ބޮޑަށް ހުންނާނީ ދާހިއްލުން އިތުރުވެފައި އަދި ހަށިގަނޑުގެ ފިނިހޫނުމިން މަތި މީހުންނަށެވެ. އެހެންކަމުން ވަރަށް ގިނައިން ކަސްރަތު ކުރާ މީހުންނަށް މަދިރީގެ އުނދަގޫތައް ގިނަވުމުގެ ފުރުސަތު ބޮޑެވެ. އަދި މީގެ އިތުރުން އެސޮރުމެން، އެމޯނިއާ، ޔޫރިކް އެސިޑް، ލެކްޓިކް އެސިޑް ފަދަ ކަންކަމަށް ޝައުގުވެރިވާ ކަމަށްވެސް ޒުބްރިސްކީ ވިދާޅުވެއެވެ.
2. ހަންގަނޑުގައި އުޅޭ ބެކްޓީރިއަލް ކޮލޮނީތައް:
ހަންގަނޑުގައި އުޅޭ ބެކްޓީރިއާގެ ބާވަތާއި އަދި ހަށިގަނޑުގައި ބެކްޓީރިއާ ގިނައިން އަށަގެން ވަރަކަށް އެހަށިގަނޑުން ލޭބުއިމަށް މަދިރި ޝައުޤުވެރިކަން އުފެދެއެވެ. ކުޑަހުޅުގައި ވަކިން ޚާއްސަކޮށް މަދިރި ހަފާކަން ފާހަގަކުރެވިފައި ހުރެދާނެއެވެ. މިހެންވަނީ މިއީ ބެކްޓީރިއާ ގިނައިން އާލާވެފައި ހުންނަ ސަރަހައްދަކަށްވާތީއެވެ.
3. ލޭގުރޫޕް:
ލޭގެ އެހެން ބާވަތްތަކަށް ވުރެ ލޭގެ ޓައިޕް އޯ ހުންނަ މީހުން ވެސް މިސޫއްޕަށް ބޮޑަށް ކަމުދާކަމުގައި ޒުބްރިޓްސްކީ ވިދާޅުވެއެވެ.
4. ކާބަން ޑައިއޮކްސައިޑަށް ޝައުޤުވެރިވުން:
މަދިރި އަކީ ކާބަން ޑައިއޮކްސައިޑަށް ޝައުގުވެރިވާ އެއްޗެކެވެ. ބާރަށް ނޭވާލައި މާބޮޑަށް ވައިގެތެރެއަށް ކާބަންޑައިއޮކްސައިޑް ފޮނުވާނަމަ އެސޮރުމެންގެ ރާޑަރަށް ތިބާއެރީއެވެ. ހަށިގަނޑުން ބިޔަކޮށްތިބޭ މީހުން ގިނައިން ނޭވާލާކަމަށްވެއެވެ. އެހެންކަމުން ކާބަން ޑައިއޮކްސައިޑް ގިނައިން ބޭރުވުމުން މަދިރިތަކަށް އެމީހަކާއިދިމާލަށް މާބޮޑަށް ދެވެއެވެ.
5. ހެދުމުގެ ކުލަ:
މަދިރިތަކުން ސަލާމަތްވާން ބޭނުންނަމަ މަޑު ކުލަތައް ޚިޔާރުކުރާށެވެ. ލައިގެން ހުންނަ ފޭރާމުންވެސް އެސޮރުމެންގެ ޝައުޤުވެރިކަން އިތުރުވެއެވެ. ކަޅާއި ފެހި ކުލަ ފަދަ އަނދިރި ކުލަތަކަކީ މަދިރިއަށް ފަސޭހައިން ފެންނާނެ ކުލަތަކެވެ. އެހެންކަމުން މަދިރީގެ އުނދަގުލުން މިންޖުވުމަށް، ހުދު ކުލައާއި މަޑު ކުލަތަކުގެ ހެދުން ލުމަށް ޒުބްރިޓްސްކީ ލަފާދެއެވެ.

ކިޔުންތެރިންގެ ހިޔާލު