ދާދި ފަހުން ތައިލޭންޑް ސިއާމް ޕެރަގަން މޯލްގައި ބަޑި ޖެހި 14 އަހަރުގެ ފިރިހެން ކުއްޖާއަކީ ނަފްސާނީ މައްސަލަ ހުންނަ ކުއްޖެއް ކަމަށް ފުލުހުން ބުނެފިއެވެ.

މީގެ އެއް ދުވަސް ކުރިން ތައިލޭންޑްގެ ވެރިރަށް ބެންގްކޮކްގެ ލަގްޒަރީ މޯލެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާގައި 2 މީހަކު މަރުވިއެވެ. ބަޑިޖަހަން ފެށުމުން އެތައް ސަތޭކަ ބަޔަކު ހާސްވެ ކޮޅުކޮޅުމައްޗަށް ދުވެ ސަލާމަތްވާން މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުއްޖާ ވަނީ މޯލް ތެރޭގައި 90 މިނެޓް ވަންދެން ހަމަނުޖެހުން ހިންގާފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނީ ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތްކުރި ގަޑީގައި އެއްވެސް ވަރަކަށް ފިލަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަކީ ކުޑަކުއްޖަކަށް ވީތީ އޭނާއާއި ބެހޭ އިތުރު މައުލޫމާތެއް ހާމަނުކުރެވޭނެ ކަމަށް ތައިލޭންޑް ފުލުހުން ބުންޏެވެ.

އަދި އެކުއްޖާއަކީ މީގެ ކުރީގައި ނަފްސާނީ މައްސަލައެއްގައި ފަރުވާ ހޯދާފައިވާ ކުއްޖެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ސުވާލުކުރުމުން އޭނާ ބުނީ މީހަކު އޭނާ ގާތުގައި ބަޑިޖަހަން ބުނިހެން ހީވި ކަަމަށެވެ. ފުލުހުން އޭނާ ގެންދިޔައިރުވެސް އޭނާ ހުރީ ވީނުވީއެއް ނޭނގިފަ ހުރި ފާޑަކަށް ކަމަށް ބުނެފަވެއެވެ.

މީގެ ކުރީގައި ރިޕޯޓްތަކުން ބުނި ގޮތުގައި މި ހާދިސާގައި މަރުވީ 3 މީހުންކަމަށެވެ. އެހެން ނަމަވެސް ބެންގްކޮކްގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި މަރުވީ ޖުމްލަ 2 މީހުންނެވެ. އެއީ ޗައިނާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަންހެނަަކާއި މިޔަންމާގެ އަންހެނެކެވެ. މިޔަންމާ އަންހެންމީހާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށެވެ. އަދި ޗައިނާ ފަތުރުވެރިޔާ މަރުވީ މޯލް ތެރެއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން